Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތައް ބޭނުންކުރަން ފަށައިފި

އާ ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތައް ބޭނުންކުރަން ފަށައިފި

މުހައްމަދު ޖަމްޝަތު
240 ދުވަސް ކުރިން - 12 ޖެނުއަރީ 2026 12:52
އާ ޓާމިނަލުގައި ހަދާފައިވާ ސީޕްލޭން ޗެކްއިން ކައުންޓަރުތައްތައް---ފޮޓޯ:އެމްއޭސީއެލް
އާ ޓާމިނަލުގައި ހަދާފައިވާ ސީޕްލޭން ޗެކްއިން ކައުންޓަރުތައްތައް---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

އާ ޓާމިނަލުގެ ސީޕްލޭން ޗެކްއިން ސަރަހައްދަކީ އެއްކޮށް އޭސީކޮށް، އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ޖާގަ ތަނަވަސް ސަރަހަށްދެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ހަދާފައިވާ ސީޕްލޭން ޗެކްއިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފި އެވެ.

އެމްއޭސީއެލްއިން ބުނީ އާ ޓާމިނަލުގެ ސީޕްލޭން ޗެކްއިން އޭރިއާ އަކީ ޖާގަ ތަނަވަސް ތަނެއް ކަމަށެވެ. އެގޮތުން ސީ ޕްލޭން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް ހަތަރެެއްގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ރާއްޖޭގެ ރީތިކަން ފެންނަ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެ އެވެ.

މިއީ، ޓާމިނަލް 2ގެ ސީޕްލޭން ޗެކްއިން ސަރަހައްދާއި ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަސިންޖަރުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެކެވެ. އޭގެ އިތުރުން އާ ޓާމިނަލުން ސީޕްލޭން ޗެކްއިން ސަރަހައްދަށް ވެހިކަލް ކައިރި ކުރުމަށް އިތުރު ސްލޮޓްތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

Advertisement 1

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލުގެ ސީޕްލޭން ޗެކްއިން ކައުންޓަރު ބޭރުގައި ފަސިންޖާ ބަސްތަކަށް ނުވަ ސްލޮޓް، ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ކަނޑައަޅާފައިވާ ކަމަށެވެ.

އާ ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ހިދުމަތް ފަށާފައިވާއިރު އެ މަސައްކަތުގައި ސީޕްލޭނަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައްވެސް ވަނީ ކަނޑައަޅާފަ އެވެ. ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއާޕޯޓުގެ އާ ޓާމިނަލުގެ އެރައިވަލް ގޭޓް ހަތަރެއްގެ ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ޕާކް ކުރުމަށް ކަމަށް އެމްއޭސީއެލް އިން ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެއަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ގައުމު ކަމަށްވާއިރު، އާ ޓާމިނަލުން ހިދުމަތް ފެށުމުން އެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި އެތައް ގުނައެއް ފަސޭހަވާނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވެލާނާ އެއާޕޯޓް ޓާމިނަލް 1އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

9 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

15 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

18 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

19 ދުވަސް ކުރިން - 08:26