ވޮޝިންޓަނުން އީރާނަށް ޙަމަލާ ދީފި ނަމަ، އެމެރިކާ އާއި އިސްރާއީލް ފުނޑާލާނަން: އީރާން

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 12 ޖެނުއަރީ 2026 06:15
ވޮޝިންޓަނުން އީރާނަށް ޙަމަލާ ދީފި ނަމަ އިސްރާއީލާއި އެމެރިކާ އަށް ވަރަށް ވަރުގަދައަށް ޙަމަލާ ދޭނަން: އީރާނުގެ މަޖިލިސް ރައީސް
ވޮޝިންޓަނުން އީރާނަށް ޙަމަލާ ދީފި ނަމަ އިސްރާއީލާއި އެމެރިކާ އަށް ވަރަށް ވަރުގަދައަށް ޙަމަލާ ދޭނަން: އީރާނުގެ މަޖިލިސް ރައީސް
ޚުލާސާ

ޓްރަމްޕުގެ އަމުރަށް އީރާނަށް ޙަމަލާ ދީފިނަމަ އެމެރިކާއާއި އިސްރާއީލުގެ ބޯޓުތަކާއި ބަނދަރުތަކާއި އަސްކަރީ ތަންތަނަށް ތެހެރާނުން ޙަމަލާދީ ގޮއްވައިލާނެ ކަމަށްބުނެ އީރާން ޕާލަމެންޓުގެ ރައީސް އިންޒާރު ދެއްވައިފި

ވޮޝިންޓަނުން ތެހެރާނަށް އަސްކަރީ ގޮތުން ޙަމަލާ އެއް ދީފިނަމަ އިސްރާއީލާއި އެމެރިކާގެ އަސްކަރިއްޔާ އަދި ޝިޕިން ސެންޓަރުތައް "ޝަރުޢީ އަމާޒުތަކެއް" ކަމަށް ބެލެވޭނެ ކަމަށް ބުނެ އީރާނުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ޣަލިބާފް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ މިގޮތަށް އިންޒާރު ދެއްވީ މިހާރު އީރާނުގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއަށް އެމެރިކާއިން ތަދައްޚުލް ވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޕާލަމެންޓްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕަށް އިންޒާރު ދެއްވައި ޣަލިބާފް ވިދާޅުވީ އީރާނު ސަރުކާރުން ޖަވާބުދާރީ ވާނީ ޝަރުއީ އަދި ދިފާޢީ އިމުގެ ތެރޭގައި ކަމަށާއި، ތެހެރާނުން އެމެރިކާ އާއި އަދި އެމެރިކާގެ އެކުވެރި ޒައެނިސްޓް އިސްރާއީލު ދައުލަތާއި ވެސް ކުރިމަތިލާނީ ޓެރަރިސްޓުން ކަމަށް ބަލައިގެންނެވެ. ”12 ދުވަހުގެ ހަނގުރާމަ މަތިން ހަނދާންކޮށްލާ. ދެން ކުރިމަތިލާނީ އެއަށް ވުރެ މާ ނުރައްކާތެރި ގޮތަކަށް…” މިދިޔަ އަހަރު ދޯހާގައި ހުރި އެމެރިކާގެ ބޭސް ގޮއްވާލައި އަދި އިސްރާއީލް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ޙަމަލާތަކަށް އިޝާރާތް ކުރައްވަމުން އީރާނުގެ މަޖިލިސް ރައީސް އިންޒާރު ދެއްވިއެވެ.

ޑިސެމްބަރު 28 ވަނަ ދުވަހު ތެހެރާނުގައި ފެށި މުޒާހަރާތައް މުޅި ޤައުމަށް ފެތުރެމުންދާއިރު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލާރިޖާނީ ވިދާޅުވީ އީރާނުގެ މުޒާހަރާ ތަކުގެ ފަހަތުގައި އޮތީ މޮސާދުންނާއި ސީއައިއޭ ކަމަށެވެ. މޮސާދަކީ އިސްރާއީލުގެ ޖާސޫސީ އިދާރާއެވެ. ސީއައިއޭ އަކީ އެމެރިކާގެ ޖާސޫސުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%