ހުސްވި ޑިސެންބަރު މަހުން ފެށިގެން އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކުގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ސާޅީހަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެއްޖެއެވެ. ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި އިއްޔެ އާއި ހަމަޔަށް މަރުވި މީހުންގެ އަދަދު މަދުވެގެން 538 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ މުޒާހަރާ ކުރުމަށް މަގުމަތީގައި ނުކުމެ އުޅޭ މީހުންނެވެ.
މި މުޒާހަރާގައި އީރާނުގެ ސަރުކާރާއި ދެކޮޅު ހަތިޔާރު އެޅި ބައެއް ޖަމާއަތްތަކުން ވަނީ އާންމުންގެ އަތަށް ހަތިޔާރު ވެސް ދީފައި ކަމަށް ތުހުމަތު ކުރެވޭއިރު، މުޒާހަރާގެ ބައިވެރިންނާއި އެކު އިސްރާއީލުގެ ޖާސޫސީ އެޖެންޓުން ވެސް ދަނީ މަގުމަތީގައި ހަރަކާތްތެރިވެ އާންމުންގެ ގަޔަށް ވެސް ހަމަލާ ދެމުންނެވެ. ބޭނުމަކީ މުޒާހަރާ “ވިހަ”ކޮށްލުމަށެވެ.
މަރުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 490 މީހުންނަކީ މުޒާހަރާ ކުރުމަށް މަގުމަތީގައި ހަރަކާތްތެރިވި މީހުންނެވެ. އަނެއް 48 މީހުންނަކީ ސެކިއުރިޓީންނެވެ.
މުޒާހަރާ ހުއްޓުވަން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަ ބާރުގެ ބޭނުން އަދި ނުކުރެއެވެ. ނަ،ަވެސް 10،600 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ބަންދުކޮށްފައެވެ.






