މުޒާހަރާ ހުއްޓުވުމަށް އީރާން ފުލުހުން އަދި ބޭނުންކުރަނީ 30 ޕަސަންޓުގެ ބާރު

ހުސައިން އިސްމާއިލް | 13 ދުވަސް ކުރިން - 12 ޖެނުއަރީ 2026 06:16
އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން - މުޒާހަރާ ހުއްޓުވުމަށް އީރާނުން އަދި ބޭނުންކުރަމުން ދަނީ  ބާރުގެ 30ޕަސަންޓް
އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން - މުޒާހަރާ ހުއްޓުވުމަށް އީރާނުން އަދި ބޭނުންކުރަމުން ދަނީ ބާރުގެ 30ޕަސަންޓް
ޚުލާސާ

މުޒާހަރާގެ ބައެއް ބައިވެރިން ސަލާމަތީ ބާރުތަކަށް ހަމަލާދީ، ހޮސްޕިޓަލްތަކަށާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި، ހޮސްޕިޓަލުގެ ގޯތިތެރެއަށް ބަޑިޖަހައި، ބަލިމީހުންނަށް ވެސް ވަނީ ހަމަލާ ދީފަ

އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށްޓަކައި އެ ގައުމުގެ ފުލުހުން ބޭނުންކުރަމުން ދަނީ އެމީހުންގެ ބާރުގެ ގާތްގަނޑަކަށް 30 ޕަސެންޓް ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެފިއެވެ. ތަހުލީލީ ރިޕޯޓުތައް ބުނާ ގޮތުގައި ތެހެރާނުން ފިއްތުންތައް ވަރުގަދަ ކުރަމުންދާ ނަމަވެސް، މުޒާހަރާތައް ހުއްޓުވުމަށްޓަކައި ޚާމަނާއީގެ ސަރުކާރުން އަސްކަރީ ބާރު އަދި ބޭނުމެއް ނުވެއެވެ. 

މިހާރު ދެވަނަ ހަފްތާ ވަމުންދާ މި ހަމަނުޖެހުން ފެށިގެން އައީ އިގުތިސާދީ ދަތިތަކާއި އިންފްލޭޝަންގެ ސަބަބުންނެވެ. އޭގެ ފަހުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި މުޅި ގައުމު ހަލަބޮލި ކޮށްލިއެވެ. ނަތީޖާ އަކީ ބޮޑެތި ސަރަހައްދުތަކުން އިންޓަނެޓާއި ކަރަންޓް ކެނޑި، ދިހަވަރަކަށް ސިޓީގައި މުޒާހަރާގެ ބައިވެރިން އުތުރިއަރައިގެން ދިޔުމެވެ. 

އިންސާނީ ހައްގުތަކާއި ބެހޭ ބައެއް ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި އީރާނުގެ ފުލުހުންނާއި އައިއާރުޖީސީ އާއި ގުޅުން ހުރި ސަލާމަތީ ބާރުތަކުގެ ޔުނިޓްތައް ހިމެނޭ ގޮތަށް މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ލައިވް ވަޒަން ބޭނުންކޮށްފައި އެބަހުއްޓެވެ.

އެނގިފައިވާ ގޮތުގައި އީރާނުގެ ފުލުހުން ލައިވް ވަޒަން ބޭނުންކުރީ މުޒާހަރާގެ ބައެއް ބައިވެރިން ސަލާމަތީ ބާރުތަކަށް ހަމަލާދީ، ހޮސްޕިޓަލްތަކަށާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި، ހޮސްޕިޓަލުގެ ގޯތިތެރެއަށް ބަޑިޖަހައި، ދޮރުތައް ތަޅާލައި، ބަލިމީހުންނާއި ގާތްތިމާގެ މީހުންނާއި ސިއްހީ ބޭފުޅުންނަށް އަނިޔާކުރުން ފަދަ ކަންކަން ކުރީމައެވެ.

އިއްޔެ އީރާނުން ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%