އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ 8 ސިފައިން މަރާލައިފި

ހުސައިން އިސްމާއިލް | 13 ދުވަސް ކުރިން - 12 ޖެނުއަރީ 2026 06:17
އައިއާރުޖީސީގެ ސިފައިންގެ ބޭކަލެއްގެ ޖަނާޒާގެ ތެރެއިން
އައިއާރުޖީސީގެ ސިފައިންގެ ބޭކަލެއްގެ ޖަނާޒާގެ ތެރެއިން
ޚުލާސާ

އައިއާރުޖީސީގެ ސިފައިން މަރައިލީ މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އަށް މެމްބަރަކު މަރާލައިފިއެވެ. ބުރާސްފަތި ދުވަހު މި ހާދިސާ ހިނގީ އެ ގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ކަރމަންޝާހުގައި ކުރި މުޒާހަރާތަކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހައި ޕްރޮފައިލް ފޯސްގެ މެމްބަރުން މަރާލީ އީރާނުގައި ތަކެތީގެ އަގު ވަރަށް ބޮޑަށް ދަށްވުމާއި އިގްތިސާދީ ހާލަތު ގޯސްވުމާއި ގުޅިގެން ޑިސެމްބަރު 28 އިން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާގައެވެ. ތެހެރާނުގެ ގްރޭންޑް ބާޒާރުގައި ފެށި މުޒާހަރާތައް އިތުރު ސިޓީތަކަށް ވަނީ ފެތުރިފައެވެ.

މިހާރު ކުރިޔަށްދާ މި މުޒާހަރާތަކުގައި އިސްރާއީލުގެ އެޖެންޓުން ވެސް މުޒާހަރާގެ ބައިވެރިންނާއި އެކު މަގުމަތީގައި ޙަރަކާތްތެރި ވަމުންދާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އީރާނުގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ޙަމަލާދީ، އީރާނުގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ދޭހަވާ ފަދަ ޢިބާރާތަކުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ނުސީދާ އިންޒާރެއް ދީފިއި ކަން ވެސް ފާހަގަ ކުރެވެއެވެ.

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ އެތެރޭގެ ހާލަތު ވޮޝިންޓަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އަދި ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ އެމެރިކާ އިން ސީދާ ތަދައްޚުލް ވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%