Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑާކް ވެބްގައި 17.5 މިލިއަން އިންސްޓަގްރާމްގެ އެކައުންޓުގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

ޑާކް ވެބްގައި 17.5 މިލިއަން އިންސްޓަގްރާމްގެ އެކައުންޓުގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު
151 ދުވަސް ކުރިން - 10 ޖެނުއަރީ 2026 20:00
ލީކުވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޔޫޒާނޭމް، އީމެއިލް އަދި ފޯން ނަންބަރު ހިމެނޭ---
ލީކުވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޔޫޒާނޭމް، އީމެއިލް އަދި ފޯން ނަންބަރު ހިމެނޭ---
ޚުލާސާ

މިކަމާ ގުޅޭގޮތުން މެޓާއިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވޭ. ސެކިއުރިޓީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ޑޭޓާތައް އެއްކޮށްފައިވަނީ ސީދާ އިންސްޓަގްރާމްގެ ސާވަރުތަކަށް ވަދެގެން ނޫން.

ޑާކް ވެބްގައި ގިނަ އަދަދެއްގެ އިންސްޓަގްރާމް ޔޫޒަރުންގެ މައުލޫމާތުތައް ލީކުކޮށްލައިފި ކަމަށް ސެކުއިރިޓީ މާހިރުން ތުހުމަތުކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 17.5 މިލިއަން އިންސްޓަގްރާން ޔޫޒަރުންގެ މައުލޫމާތުތައް ލީކުކޮށް ޑާކް ވެބް ވެބްސައިޓުތަކުގައި ވަނީ ހިއްސާކޮށްފަ އެވެ. މި ހަބަރު ފެންމަތިވާން ފެށީ ސައިބާ ސެކުރިޓީގެ ތަޖުރިބާކާރުންނަށް އެ ޑޭޓާތައް ފާހަގަވެ މީސްމީޑިއާގައި އެކަމާ ބެހޭގޮތުން ފެންމަތިވާން ފެށުމުންނެވެ.

Advertisement

Advertisement 1

ލީކުވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޔޫޒާނޭމް، އީމެއިލް އެޑްރެސް، ފޯން ނަންބަރު އަދި ޔޫޒާ އައިޑީގެ ތަފްސީލް ވެސް އެކުލެވޭ ކަމަށް މާހިރުން ބުނެ އެވެ. ނަމަވެސް ޕާސްވޯޑުތަކެއް ލީކުވެފައިވާ ކަމެއް އަދި ފާހަގަކުރެވިފައިނުވާ ކަމަށާއި، މިހާރު އެމީހުންނަށް ލިބިފައިވާ މައުލޫމާތުތައް ބޭނުންކޮށްގެން ފޭކް އީމެއިލްތަކާއި، މެސެޖު ނުވަތަ ކޯލުތަކެއް ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މާހިރުން ބުނެ އެވެ.

ސެކިއުރިޓީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ޑޭޓާތައް އެއްކޮށްފައިވަނީ ސީދާ އިންސްޓަގްރާމްގެ ސާވަރުތަކަށް ވަދެގެން ނޫން ނަމަވެސް ކުރީގެ ސިސްޓަމް އެކްސެސް ސްކްރެޕްކޮށްގެން ނުވަތަ ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށް ވެދާނެ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

މިހާތަނަށް އިންސްޓަގްރާމްގެ ވެރިފަރާތް ކަމަށްވާ މެޓާ އިން މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން މިކަމަކީ ކިހާ ސީރިއަސް މައްސަލައެއްތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނޫނެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ހިނގާފައިވާއިރު ޔޫޒަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުއްޓެވެ.

މި ހާދިސާއަށް ފަހު ބައެއް އިންސްޓަގްރާން ޔޫޒަރުންގެ ފަރާތުން އެކައުންޓް ރިސެޓް ކުރަން އީމެއިލް ލިބެމުންދާ ކަމަށާއި އާދަޔާ ހިލާފު ލޮގިން އެކްޓިވިޓީތައް ފެންނަ ކަމަށް ރިޕޯޓުތައް ދަނީ ކުރަމުންނެވެ.

ޕާސްވޯޑް ބަދަލުކޮށް، ޓޫ ފެކްޓަރ އޮތެންޓިކޭޝަން އޮންކޮށް، މެލްވެއާ ލިންކްތަކަށް ކްލިކް ނުކުރުމާއި ޒާތީ މައުލޫމާތު އެންޓާ ކުރުމަށް އެދޭ އީމެއިލް ނުވަތަ މެސެޖުތަކަށް ސަމާލުކަން ދިނުމަށް މާހިރުން ދަނީ ލަފާދެމުންނެވެ.

މެޓާސްކޭމްއިންސްޓަގްރާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައްޖާއި އުމްރާގެ މަކަރާއި ހީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ނިއުޔޯކް ސިޓީން ބިލެއް ފާސްކޮށްފި

މަކަރާއި ޙީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ބިލެއް ފާސްކޮށްފި

17 ދުވަސް ކުރިން - 15:20

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

32 ދުވަސް ކުރިން - 20:12

އިންސްޓަގްރާމްގެ ޕްރައިވެސީ ފީޗަރއެއް މިއަދުން ފެށިގެން އުވާލައިފި: ޑީއެމްތަކަށް ދެން ވާނީ ކިހިނެއް؟

އިންސްޓަގްރާމްގެ ޕްރައިވެސީ ފީޗަރއެއް މިއަދުން ފެށިގެން އުވާލައިފި

33 ދުވަސް ކުރިން - 21:21

އެލައިޑުގެ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

އެލައިޑުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

91 ދުވަސް ކުރިން - 21:45

ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ސްކޭމްތައް ހުއްޓުވުމަށް ފުލުހުންގެ އޮޕަރޭޝަނެއް

91 ދުވަސް ކުރިން - 21:17

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމުން މުހިންމު:ފުލުހުން

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވޭ

93 ދުވަސް ކުރިން - 12:44