Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ: މިނިސްޓަރު ސައީދު

ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ: މިނިސްޓަރު ސައީދު

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 10 ޖެނުއަރީ 2026 19:26
މިނިސްޓަރު ސައީދު/ ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ގާތުން ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކު 162 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން މޮނީޓަރު ކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި.

ކުރިއަށް އޮތް ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި، 3,000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ރަށްތަކުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ މެދުވެރިކޮށް އަސާސީ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ގާތުން ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކު 162 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން މޮނީޓަރު ކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން، ސަރުކާރުން މިހާރު ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލާ މުދަލުގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، މިހާރު ވަނީ ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް ހިމެނޭހެން ޖުމްލަ 23 ބާވަތެއް އެ ލިސްޓަށް އިތުރުކޮށްފަ އެވެ.

Advertisement

Advertisement 1

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮތް މިނިވަން ވިޔަފާރީގެ އުސޫލުތަކަށް ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް އަތްނުފޯރާ މިންވަރަށް ތަކެތީގެ އަގު އުފުލިގެންދާއިރު ސަރުކާރުން ބަލަން ނުތިބޭނެ ކަމަށާއި، އަގުތައް ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހޯލްސޭލްކޮށް މުދާ ދޫކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ބޭނުމަކީ ރަށްރަށުގެ ކުދި ފިހާރަތަކަށް މުދާ ލިބުން ފަސޭހަކޮށްދީ، ރައްޔިތުންނަށް އެންމެ އެކަށީގެންވާ އަގުތަކެއްގައި ތަކެތި ފޯރުކޮށްދިނުންކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މުހައްމަދު ސައީދުރޯދަމަސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

18 ދުވަސް ކުރިން - 10:15

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

27 ދުވަސް ކުރިން - 13:54

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

39 ދުވަސް ކުރިން - 23:42

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

49 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

52 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

61 ދުވަސް ކުރިން - 12:10