Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަމާދާމެދު ރައްކާތެރިވާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ: ހުކުރު ހުތުބާ

ނަމާދާމެދު ރައްކާތެރިވާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
231 ދުވަސް ކުރިން - 9 ޖެނުއަރީ 2026 13:40
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ--- ފޮޓޯ: ޚުލާސާ
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ނަމާދުކުރުމަކީ ދީނުގެ ތަނބުކަމަށާއި ގިޔާމަތް ދުވަހު އެންމެ ފުރުތަމަ ހިސާބުބެއްލެވޭ އަޅުކަމަކީ ނަމާދު ކަމަށް ހުތުބާގައި ވަނީ ބުނެފަ

ނަމާދާމެދު ރައްކާތެރިވާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި، ނެތުމުގެ ތެރެއިން އިންސާނާ އުފައްދަވައި ދުނިޔޭގެ ހަޔާތަށް ފޮނުއްވުމުގެ މަގްސަދަކީ މާތްﷲ އަށް އަޅުކަން ކުރުން ކަމަށް ވަނީ ބުނެފަ އެވެ. ނަމާދުކުރުމަކީ ދީނުގެ ތަނބުކަމަށާއި ގިޔާމަތް ދުވަހު އެންމެ ފުރުތަމަ ހިސާބުބެއްލެވޭ އަޅުކަމަކީ ނަމާދު ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުކުރު ހުތުބާގައި، ނަމާދާމެދު ދަރިންގެ ހިތްތަކުގައި ލޯބިޖައްސުވައި ނަމާދަށް ރައްކާތެރިވާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށާއި، އެކަމުގައި އިހުމާލުވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާހިރަތުގައި ހިތާމައާ ކުރިމަތިލާންޖެހޭނެ ކަމުގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ދަރިންނަކީ މާތްﷲ ދެއްވާފައިވާ ނިއުމަތެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ފިރިމީހާއަކީ އަނބިމީހާގެ ބެލެހެއްޓުންތެރިޔާ ކަމަށާއި، އަދި އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތައްތަކާއި ދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށެވެ. ދަރިން ނަމާދަށް އަހުލުވެރިކުރުމަށް މަސައްކަތް ނުކޮށް އިހުމާލުވެއްޖެނަމަ ދެމަފިރިންވެސް އެކަމުގައި ފާފަވެރިވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އެހެން ކަމުން ދަރިންނަކީ ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމަށްޓަކައި އެ ދަރިންގެ މައިންގެ ގޮތުގައި ދީންވެރި ތަގުވާވެރި މައިން އިހުތިޔާރުކުރުމުގެ މުހިއްމުކަމަށް ހުތުބާގައި ވަނީ އަލިއަޅުވާލައިފަ އެވެ.

ދަރިން މި މަތިވެރި ވާޖިބަށާއި ފިރިހެން ދަރިން މިސްކިތުގައި ނަމާދު ގާއިމުކުރުމަށް ލޯބިޖެއްސުމަށްޓަކައި ނަމާދުކުރާ މީހުންނަށް ހުރި ދަރުމަޔާއި ސަވާބުގެ ވާހަކަތައް ކިޔައިދީ، ދަރިންގެ ހިތްތަކުގައި ނަމާދާމެދު ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00