Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިތުބާރުކުރައްވާ މޭޔަރު ކަމަށް މޫސާ އަލީ ޖަލީލް އިންތިހާބުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

އިތުބާރުކުރައްވާ މޭޔަރު ކަމަށް މޫސާ އަލީ ޖަލީލް އިންތިހާބުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
198 ދުވަސް ކުރިން - 8 ޖެނުއަރީ 2026 23:58
ރައީސުލްޖުމްހޫރިއްޔާ އަދި މޫސާ އަލީ ޖަލީލް ސަލާމްކުރައްވަނީ---
ރައީސުލްޖުމްހޫރިއްޔާ އަދި މޫސާ އަލީ ޖަލީލް ސަލާމްކުރައްވަނީ---
ޚުލާސާ

ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ މާލޭގެ ތަރައްގީއަށް ކުރަން ހަމަޖެހިފައިވާ ކަންކަން ކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ލިބިފައިވާ ފަރާތެއް ކަމަށް.

މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އެމަނިކުފާނަށް އިތުބާރުކުރައްވާ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމާފައިވާ މޫސާ އަލީ ޖަލީލް އިންތިހާބުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ތަރައްގީއަށް ކަންކަން ކުރުމުގައި ސަރުކާރަށް ދުވަހުން ދުވަހަށް ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށްޓަކައި ކުރިއަށް އޮތްތާގައި ގިނަ މަސައްކަތްތަކެއް ރާވާފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެކަންކަން ކުރިއަށް ގެންދިޔުމަށް ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންން އިންތިހާބުކޯށްދިނުން އެދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް އިތުބާރުކުރައްވާ މޭޔަރުކަން އެމަނިކުފާނާ ހަވާލުކުރެއްވި ކަމަށާއި ރައީސް ކަމަށް އިންތިހާބުކޮށްދިނުމަށް ވެސް ވަރަށް ގިނަ ރައްޔިތުން ވޯޓު ދެއްވި ކަމަށާއި، މިހާތަނަށް މަސައްކަތްކުރަމުން އަންނަނީ އެ ޒިންމާއާ އެކުގައި ކަމަށެވެ. ރައީސް ވިދާޅުވީ އެކި ގޮތްގޮތުން ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދެވިފައި ހުރުމުގެ ސަބަބުން ބޯހިޔާވަހިކަން ކަމުގައި ވިޔަސް އަދި އެހެން މައްސަލައެއް ކަމުގައިވީ ނަމަވެސް އެކަންކަމުގައި ހުރީ ވަރަށް ބޮޑަށް ޝާމިލުވެވިފައި ކަމަށެވެ. އެހެން ކަމުން ދިމާވެފައިވާ ކަންކަން ހައްލުކުރުމަށް އެމަނިކުފާނަށް އެއްބާރުލުން ދޭނެ ކައުންސިލް ޓީމެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ މާލޭގެ ތަރައްގީއަށް ކުރަން ހަމަޖެހިފައިވާ ކަންކަން ކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ލިބިފައިވާ ފަރާތެއް ކަމަށެވެ. އަދި އެމަނިިކުފާނަކީ ސިޔާސީ ގޮތުން އެކި ކަހަލަ އުނދަގޫ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލާފަ ހުރި ކެންޑިޑޭޓަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ކަހަލަ އިތުރު ތައާރަފެއް ދޭންޖެހޭނެ ބޭފޫޅެއް ނޫން. ވަރަށް އިހުލާސްތެރި ތެދުވެރި، ވަރަށް ރަނގަޅު ހީވާގި، ވަރަށް ގާބިލް އަޅުގަނޑުމެން އެންމެން ވެސް އެބޭފުޅަކަށްޓަކައި ފަހުރުވެރިވާ ބޭފުޅެއް." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ސިޓީތަކަށް ވެސް މޭޔަރުންގެ ގޮތުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން އިންތިހާބުކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

6 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

6 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

7 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

8 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

8 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

1 ދުވަސް ކުރިން - 20:04

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%