Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކައުންސިލްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބައެއް ރަށްރަށުގެ ތަރައްގީގެ މަސައްކަތް ނުފެށި އެބަހުރި: ރައީސް

ކައުންސިލްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބައެއް ރަށްރަށުގެ ތަރައްގީގެ މަސައްކަތް ނުފެށި އެބަހުރި: ރައީސް

އައިޝަތު ރުވާ ރިފްޢަތު
188 ދުވަސް ކުރިން - 8 ޖެނުއަރީ 2026 23:36
ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކަށް ބުރެކި ޖައްސައި އެކަންކަމަށް ހުރަސް އަޅާނެ ކައުންސިލަރުން ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި.

ބައެއް ރަށްރަށުގެ ކައުންސިލްތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ބިން ހަވާލުނުކުރުމުގެ ސަބަބުން މަޝްރޫއުތަށް ނުފެށި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތައް ހިނގާ ގޮތް އެމަނިކުފާނު ބައްލަވާ ކަމަށާއި، އެމަނިކުފާނުގެ އަތްޕުޅަށް މިއަދު ލިބުނު ލިސްޓެއްގައި ބައެއް ރަށްރަށުގައި ފަށަން ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ނުފެށި އޮތީ ކީއްވެގެންތޯ ބަލާލިއިރު ގިނައިން ހުރީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ނުފެށި ހުރި މަޝްރޫއުތައް ކަމަށެވެ.

"އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް ހިނގާގޮތް. އެކިއެކި މަޝްރޫއުތައް އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ބަލާލިއިރު މިއަދުވެސް އަޅުގަނޑު އަތަށް ލިބުނު ލިސްޓުގައި އެތައް ރަށެއްގައި މީގެ މަހެއް، ދެމަސް ތިންމަސް ކުރިން ސޮއިކުރެވިފައިވާ މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާލިއިރު ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ." ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މިހެން ކަންތައް ކުރުމުގެ ސަބަބުން ގެއްލުންވަނީ ރައްޔިތުންނަށް ކަމަށާއި، އެހެން ވާން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން އެކަންކަން ބަދަލުކުރުމަށް އެ އިހުތިޔާރު ރައްޔިތުންނަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ ކަންކަން ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ބޭނުންފުޅުވެލައްވާ ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުންނަށްޓަކައި ކޮންމެ ދުވަހަކު ހިދުމަތްކުރަން ޒިންމާ ހަވާލުކުރެވިފައިވާ މީހުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކަށް ބުރެކި ޖައްސައި އެކަންކަމަށް ހުރަސް އަޅާނެ ކައުންސިލަރުން ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށްޓަކައި ވައުދުވެފައިވާ ކަންކަން ފުއްދުމަށް އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުތަރައްގީ
Ad
Ad

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

12 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

2 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން - 13:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%