އައްޑޫ ސިޓީ ފޭދޫ އިން 19 އަހަރުގެ އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ސ. ފޭދޫ / ހަމްދަރުދީ، ހައްވާ ރާއިދާ މުނީރު އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިއަދުގެ މެންދުރު ފަހު 14:00 ގައި ފޭދޫ، ދިގިހެރާ ކައިރިން ކަމަށްވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާ އަށް ރާއިދާ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 14:52 ހާއިރު ކަމަށާއި، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.






