Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް، މައިމޫނާ ރިޓަޔާ ކުރައްވަނީ

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް، މައިމޫނާ ރިޓަޔާ ކުރައްވަނީ

މުހައްމަދު ޖަމްޝަތު
251 ދުވަސް ކުރިން - 7 ޖެނުއަރީ 2026 17:58
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު---
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު---
ޚުލާސާ

މައިމޫނާ ވަނީ ސިއްގީ ދާއިރާއަށް 35 އަހަރު ހިދުމަތް ކުރައްވާފަ. ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ އަހަރުތަކެއްވަންދެން ހިދުމަތް ކުރެއްވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.

މައިމޫނާއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް 2016 ވަނަ އަހަރުގެ އައްޔަނުވުމަށްފަހު ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މައިމޫނާ ވަނީ އާންމު ސިއްހަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެގޮތުން މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކޮވިޑް-19ގެ ދުވަސްވަރުގަ އެވެ. ކޮވިޑުން ސަލާމްތްވުމަށް ސަރުކާރުން ނިންމެވި ނިންމެވުންތަކާއި އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ސައްހަ މައުލޫމާތު ގެނެސްދެއްވުމުގައި ފާހަގަކޮށްލެވޭ ދައުރެއް މައިމޫނާ ވަނީ އަދާކުރައްވާފަ އެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބަލިން ރާއްޖެ ސަލާމަތްވުމަށް ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވެސް ތައުރީފުކޮށްފައިވެ އެވެ.

Advertisement

Advertisement 1

ރާއްޖޭގެ ސިއްހީ ދާއިރާއިން 1990 ވަނަ އަހަރު ހިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ސިއްހީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި މައިމޫނާ ވަކިވެވަޑައިގަންނަވާނީ މި މަހުގެ 29 ހިސާބުގައި އާލީ ރިޓަޔާމަންޓަކުންނެވެ. އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުން ރިޓަޔާކުރެއްވި ނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިއްމު ކަންކަމުގައި، ބޭނުންވާ ހާލަތްތަކުގައި ހިދުމަތް ކުރެއްވުމުގައި މައިމޫނާ ދެމިހުންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:37

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

20 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

29 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

63 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

105 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

109 ދުވަސް ކުރިން - 22:03