Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަނގުރާ ކައްކައި އޭގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ބަނގުރާ ކައްކައި އޭގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
155 ދުވަސް ކުރިން - 7 ޖެނުއަރީ 2026 12:36
ބަނގުރަލުގެ ވިޔަފާރިކުރަމުންދަނިކޮށް މާލެއިން އަތުލައިގަތް ފަސް ބިދޭސީން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ބަނގުރަލުގެ ވިޔަފާރިކުރަމުންދަނިކޮށް މާލެއިން އަތުލައިގަތް ފަސް ބިދޭސީން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

ބަނގުރަލުގެ މައްސަލާގައި މާލެއިން އަތުލައިގަތީ ނޭޕާލަށް ނިސްބަތްވާ ހަތަރު މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ މީހެއް އަދި ހުޅުމާލެއިން އަތުލައިގަތީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއް

ބަނގުރާ ކައްކައި، ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މަހުގެ ފަސް ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފަސް މީހުންނަކީ، ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) އާއި ސުމަން އަދިކަރި، ނޭޕާލް (26އ) އާއި މޮޒައްމެލް، ބަންގްލަދޭޝް (43އ) އާއި ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) އާއި ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެވެ. ފުލުހުން ބުނީ މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ވެސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖެވެލް ހޮސެން (31އ) ނަމަކަށް ކިޔާ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފުރުތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔަ ވަގުތު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ފުރުތަމަ ފިޔަވަހިން ބަނގުރަލާއެކު ހައްޔަރުކުރި ބިދޭސީ މީހާ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ފުލުހުން ބުނީ ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު އެ ވޭނުން 134 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.

ބަނގުރާބިދޭސީންމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

7 ގަޑިއިރު ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

10 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

3 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55