Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަޝިއާގައި ޓެލެގްރާމްގެ 500 މިލިއަން ޑޮލަރުގެ ބޮންޑް ފްރީޒް ވެފަ

ރަޝިއާގައި ޓެލެގްރާމްގެ 500 މިލިއަން ޑޮލަރުގެ ބޮންޑް ފްރީޒް ވެފަ

ހުސައިން އިސްމާއިލް
191 ދުވަސް ކުރިން - 7 ޖެނުއަރީ 2026 08:16
ޓެލެގްރާމްގެ ބާނީ ސެއިންޓް ޕީޓާސްބާގަށް އުފަން ޑޫރޯވް
ޓެލެގްރާމްގެ ބާނީ ސެއިންޓް ޕީޓާސްބާގަށް އުފަން ޑޫރޯވް
ޚުލާސާ

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުންނާއި އިނގިރޭސީވިލާތުން ރަޝިޔާގެ އެންއެސްޑީ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން ޓެލެގްރާމްގެ 500 މިލިއަން ޑޮލަރުގެ ބޮންޑް ތާށިވެއްޖެ

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގައި ޓެލެގްރާމް މެސެޖިން އެޕް އިން ދޫކުރާ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ބޮންޑް ފްރީޒް ވެފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޓެލެގްރާމް އިން ފާއިތުވި އަހަރުތަކުގައި ގިނަ ޢަދަދަކަށް ބޮންޑް އޮފާތަކެއް ނެރެފައިވާއިރު އޭގެ ތެރޭގައި މިދިޔަ އަހަރުގެ މެއި މަހު 1.7 ބިލިއަން ޑޮލަރުގެ ބޮންޑް އޮފާއެއް ވެސް ދޫކޮށްފައި ވެއެވެ.

މި އަހަރު މުއްދަތު ހަމަވާ ގިނަ ބޮންޑްތައް އެކުންފުނިން އަނބުރާ ގަނެފައިވާއިރު، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު އަދިވެސް އޮތީ ރަޝިޔާގެ ނޭޝަނަލް ސެޓްލްމަންޓް ޑިޕޮސިޓަރީ (އެންއެސްޑީ) ގައި ބްލޮކްކޮށްފައެވެ. މި ފައިސާތައް ބްލޮކް ކުރީ ދުނިޔޭގެ މާލީ އިދާރާތަކުންނެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުންނާއި އިނގިރޭސީވިލާތުންނެވެ. އިންވެސްޓަރުންނަށް މި ފައިސާ ލިބޭނެ ހަމަ އެއްގޮތއް ވެސް ނުވިއެވެ. ރަޝިއާގެ އެންއެސްޑީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ މި ފައިސާތައް މޫވް ކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. ރަޝިއާގެ އެންއެސްޑީ އާއި ދެކޮޅަށް މި ފިޔަވަޅުތައް އެޅީ ޔޫކްރޭނު ހަނގުރާމަ އާއި ގުޅިގެންނެވެ.

Advertisement

Advertisement 1

ޓެލެގްރާމް އިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ ވަނީ %65 އަށްވުރެ އިތުރުވެ 870 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުންފުންޏަށް 222 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާއިރު، އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި 334 މިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.

ސެއިންޓް ޕީޓާސްބާގަށް އުފަން ޑޫރޯވް 2014 ވަނަ އަހަރުން ފެށިގެން ދިރިއުޅެނީ ރަޝިއާއަކު ނޫނެވެ. ޑުބާއީގައެވެ. ސަބަބަކީ އޭނާ އުފެއްދި ވެބްސައިޓެއްގެ ޔޫޒަރ ޑޭޓާ ރަޝިޔާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ހިއްސާ ކުރުމަށް ޕްރެޝަރު ކުރި ކަމަށް ބުނެއެވެ. އޭގެ މާގިނަ ދުވަހެއް ނުވެ އޭނާ ޓެލެގްރާމް އުފެއްދެވި އިރު، ފަހުން އެ ކުންފުނި ދުބާއީއަށް ބަދަލުކުރިއެވެ.

ފްރާންސް އަދި ޔޫއޭއީގެ ރައްޔިތުކަން ވެސް ލިބިފައިވާ ޑޫރޯވްގެ މައްސަލައެއް 2024 ވަނަ އަހަރުން ފެށިގެން ފްރާންސްގައި ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ރަޝިޔާ އާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ޓެލެހްރާމުން ނުދީގެންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ރަޝިޔާއިން ވަނީ ޓެލެގްރާމް އާއި ވަޓްސްއެޕްގައި ވޮއިސް އަދި ވީޑިއޯ ކޯލްތައް ބްލޮކް ކުރަން ފަށާފައެވެ.

ވިޔަފާރި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

20 ދުވަސް ކުރިން - 13:53

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

22 ދުވަސް ކުރިން - 23:28

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަން ޑޮލަރުގެ ގެއްލުމެއް!

ހަނގުރާމައިން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަނުގެ ގެއްލުމެއް

126 ދުވަސް ކުރިން - 17:23

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

132 ދުވަސް ކުރިން - 22:22

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

150 ދުވަސް ކުރިން - 17:07

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

151 ދުވަސް ކުރިން - 19:12