Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މުހައްމަދު ޖަމްޝަތު
242 ދުވަސް ކުރިން - 6 ޖެނުއަރީ 2026 16:03
ބައްސާމް އަދީލް ޖަލީލް. އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ---
ބައްސާމް އަދީލް ޖަލީލް. އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ---
ޚުލާސާ

މިއަދު ބައްސާމް މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް މިހާރު އެބަ އޮތް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ފޮނުވި 1.2 މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.

ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ.

އޭނާ މިހާރު ވެސް ގެންދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެގެން މީގެކުރިން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމެކެވެ.

Advertisement

Advertisement 1

ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ލިބުނު ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.

ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ހިޔާނާތުގެ ކުށަށް އަށް އަހަރު އައުމުންނެވެ. މި މައްސަލައިގައި ދައުލަތުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ. އެހެންނަމަވެސް އަމިން ކޮންސްޓްރަކްޝަން ވަނީ އެ މައްސަލައިން ސަލާމަތްވެފަ އެވެ.

ބައްސާމް ގަނެފައިވާ އެ އެޕާޓްމެންޓްތައް، ކޯޓު އަމުރެއްގެ ދަށުން 2024 އޮކްޓޯބަރު މަހު ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ އަމުރު އިސްތިއުނާފު ކުރަން ބައްސާމްގެ ފަރާތުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުބައްސާމް އަދީލް ޖަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

17 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

26 ދުވަސް ކުރިން - 08:57

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

49 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

49 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

87 ދުވަސް ކުރިން - 11:09