Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދީފި

ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއު ދީފައިވާ ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދީފި

މުހައްމަދު ޖަމްޝަތު
241 ދުވަސް ކުރިން - 6 ޖެނުއަރީ 2026 15:49
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ---ފޮޓޯ: އެމްއޭސީއެލް
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަމަށް އެމްއޭސީއެލް އިން ބުނޭ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީހަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝަރީފު މުހައްމަދު އެގޮތަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިބްރާހިމް ޝަރީފުގެ ވާހަކައިގައި މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދިއްދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވި އެވެ. އަދި އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި, ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސް މުއިއްޒުއަށް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.

Advertisement

Advertisement 1

އިބްރާހިމް ޝަރީފު އިތުރަށް ވިދާޅުވީ، މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަން އިބްރާހިމް ޝަރީފު ފާހަގަކުރެއްވި އެވެ.

އިބްރާހިމް ޝަރީފް ދާޅުވީ، ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއާއެކު ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށާއި ކުރެވޭނެ ކަންތައްތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވި އެވެ.

ދިއްދޫގެ އިތުރުން ރަސްމާލެ އާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދަނީ އެމްއޭސީއެލް އިންނެވެ. އެމްއޭސީއެލް އިން އަންނަނީ އެ މަޝްރޫއުގެ މަސައްކަތްތަކަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއް މިހާރުވެސް ވަނީ ނިންމާފައެވެ.

އެމްއޭސީއެލްބިން ހިއްކުންހުޅުމާލެ ފޭސް-3ރަސްމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

2 ދުވަސް ކުރިން - 13:57

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

5 ދުވަސް ކުރިން - 19:52

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

11 ދުވަސް ކުރިން - 23:03

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

11 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

14 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

15 ދުވަސް ކުރިން - 08:26