Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

15 މިނެޓުގެ ކުރު ވަގުތުކޮޅަކަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

15 މިނެޓުގެ ކުރު ވަގުތުކޮޅަކަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
190 ދުވަސް ކުރިން - 6 ޖެނުއަރީ 2026 10:34
20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މިއަދުގެ ޖަލްސާގައި އެޗްއާރުސީއެމްގެ ރައީސްކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ވަނީ ފާސްކޮށްފަ

15 މިނެޓުގެ ކުރު ވަގުތުކޮޅަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދައުރުން ބޭރުން މިހާރު ބާއްވަމުން ގެންދާ ޖަލްސާތަކަކީ ވަކި މަސައްކަތްތަކަކަށް ހާއްސަކުރެވިގެން، މަޖިލީހުގެ 31 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ބާއްވަމުން ގެންދާ ޖަލްސާތަކެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމުގެ މަގާމަށް، މި ސަރުކާރުގެ އެންމެ ފުރުތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ވަނީ ފާސްކޮށްފަ އެވެ. އެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. އެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.

Advertisement

Advertisement 1

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދުގެ އެޖެންޑާގައި ކުރަން ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވިއްޖެ ކަމަށާއި، އިތުރު މަސައްކަތެއް ކުރަން އެޖެންޑާގައި ނެތް ކަމަށެވެ. ބާކީ ދެން ހުރި މަސައްކަތްތަކަކީ ކޮމިޓީ މަރުހަލާގައި ކުރަން ހުރި މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެއްގޮތަކަށްވެސް މީގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކުރާނެ މަސައްކަތް ނެތް ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީކީ،" --- މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު ކުރިއަށް މިދާ މަޖިލީހުގެ ޖަލްސާތަކަކީ މަޖިލީހުގެ އާންމު ޖަލްސާތަކެއް ނޫން ކަމަށާއި މިއީ ވަކި ކަންކަމަކަށް ހާއްސަކުރެވިގެން ބާއްވާ ޖަލްސާތަކެއް ކަމަށް އަބްދުއްރަހީމް އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12