
ލަންޑަނުގައި އިއްޔެ ފަލަސްޠީނުގެ އެމްބަސީ ހުޅުވުން.
"އެމްބަސީ އޮފް ދަ ސްޓޭޓް އޮފް ފަލަސްތީން" ގެ ނަމުގައި ލަންޑަނުގައި ފަލަސްޠީނުގެ އެމްބަސީ އިއްޔެ ހުޅުވައިފިއެވެ.
ލަންޑަނުގައި ކުރިން ހުންނަ "ފަލަސްތީނުގެ މިޝަން ޓު ދަ ޔޫކޭ" ގެ ބަދަލުގައި "އެމްބަސީ އޮފް ދަ ސްޓޭޓް އޮފް ފަލަސްތީން" ހުޅުވިއިރު، އިނގިރޭސިވިލާތުން ވަނީ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފައެވެ.
ލަންޑަނުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަން ދައުލަތެއް ހޯދުމާއި ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަން ޤަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.
އެމްބަސީ ހުޅުވަމުން ލަންޑަނުގެ ސަފީރު ވިދާޅުވީ، “މިހާރު އިނގިރޭސިވިލާތުގައި ފަލަސްތީނުގެ ރައްޔިތުންގެ ގެއެއް އެބަހުރި” ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް އިންސާފުވެރި، ދެމިއޮންނަ ސުލްހައެއް ގާއިމްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިސްރާއީލުގެ ހިސާރު ނިމުމަކަށް ގެނައުމާއި، ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.






