ގްލޯބަލް ޞުމޫދު ފްލޮޓިއްލާއިން އަނެއްކާވެސް ޙަރަކާތެއް ރާވަނީ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 6 ޖެނުއަރީ 2026 06:04
ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިންތަކެއް (2025)
ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިންތަކެއް (2025)
ޚުލާސާ

ބަހާރު މޫސުމުގައި ކުރިޔަށްދާ މި ޙަރަކާތް ރާވައި ހިންގަނީ ތުރްކިޔޭ އިން

އޮކްޓޯބަރު މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާ އަށް އެހީ ވެއްދުމަށް ހުޅުވާލާފައި ވިޔަސް، އިސްރާއީލުން ވަނީ އެހީ ވެއްދުން ވަރަށް ބޮޑަށް ލިމިޓް ކޮށްފައި ކަމަށާއި، ދުވާލަކު އެތައް ސަތޭކަ އެހީ ޓްރަކްތަކެއް ޣައްޒާ އަށް ވައްދަން ޖެހޭއިރު، ކޮންމެ ދުވަހަކު ވައްދަނީ ގާތްގަނޑަކަށް 40 އާއި 50 ޓްރަކް ކަމަށް ވާތީ އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގްލޯބަލް ޞުމޫދު ފްލޮޓިއްލާއިން ބަހާރު މޫސުމުގައި ޣައްޒާ އަށް ދިޔުމަށް ނިންމައިފިއެވެ. މި ޙަރަކާތް ރާވައި ހިންގަނީ ތުރްކިޔޭއިންނެވެ.

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ މި މިޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސީދާ ތާރީކެއް އަދި އިޢުލާނެއް ނުކުރެއެވެ. މި ދުވަސްވަރަކީ ފިނި މޫސުމެވެ. ތުރްކިޔޭއިން ބުނާ ބަހާރު މޫސުމަކީ މާޗް-މެއި، މިދުވަސްވަރެވެ.

ތުރްކިޔޭއިން ބުނީ މިހާރު ޣައްޒާ ސަރަހައްދަށް ވަންނަ ގިނަ ޓްރަކްތަކަކީ ވިޔަފާރި އުސޫލުން ހިންގާ ޓްރަކްތަކެއް ކަމަށެވެ.

ޣައްޒާ އަކީ މުޅިން ހަލާކުކޮށްފައިވާ ސިޓީ އަކަށް ވާއިރު އެތަނަށް ދުވާލަކު 500 އެއްހާ އިންސާނީ އެހީގެ ޓްރަކް ވައްދަން ޖެހެއެވެ.

އިސްރާއީލުން ވަނީ މީގެ ކުރިން ޣައްޒާއަށް ދަތުރުކުރި ބައެއް ބޯޓުތަކަށް ހަމަލާދީ އެ ބޯޓުތަކުގެ މުދާތައް ހިފަހައްޓައި އެ ބޯޓުގައި ތިބި އެކްޓިވިސްޓުން ހައްޔަރު ވެސް ކޮށްފައެވެ.

އޮކްޓޯބަރު މަހު އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ޣައްޒާއަށް ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 40 އަށް ވުރެ ގިނަ އުޅަނދަށް ހަމަލާދީ އަތުލައިގަނެފައެވެ. ޓެލް އަވީވްގައި ވަނީ ބޯޓުގައި ތިބި 450 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%