ރަފާހު ބޯޑަރު އަލުން ހުޅުވުމަށް މިސްރުން އެމެރިކާއަށް ޕްރެޝަރުކުރަން ފަށައިފި

ހުސައިން އިސްމާއިލް | 19 ދުވަސް ކުރިން - 6 ޖެނުއަރީ 2026 06:05
ޣައްޒާއަށް ވަނުމަށް ރަފާހު ބޯޑަރު ކައިރީގައި (މިޞްރުގައި) އިންސާނީ އެހީ އާއި އެކު ފުރިފައިވާ ޓްރަކުތަކެއް.
ޣައްޒާއަށް ވަނުމަށް ރަފާހު ބޯޑަރު ކައިރީގައި (މިޞްރުގައި) އިންސާނީ އެހީ އާއި އެކު ފުރިފައިވާ ޓްރަކުތަކެއް.
ޚުލާސާ

އިސްރާއީލުގެ ސިފައިން ވަނީ 6 މެއި 2024 ގައި ހުރިހާ ދިމާލަކުން ރަފާހް ބަންދު ކޮށް، އެ ސިޓީގެ ހުރިހާ ތަކެއްޗެއް އަންދައި ހަލާކުކޮށްލާފަ

މިސްރުގައި ތާށިވެފައި ތިބި ފަލަސްތީނު މީހުންނަށް އެނބުރި އެމީހުންގެ ވަޒަނަށް ދިޔުމުގެ ހުއްދަ ދިނުމުގެ ގޮތުން ރަފާހު ބޯޑަރު އަލުން ހުޅުވުމަށް މިސްރުން އިސްރާއީލާއި އެމެރިކާއަށް ޕްރެޝަރު ކުރަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

ސަލާމަތީ އޮފިޝަލަކާ ހަވާލާދީ އިސްރާއީލުގެ ނިއުސް ސައިޓް ވަލާ އިން ބުނީ ޣައްޒާ ދޫކޮށް މިސްރުގައި ތާށިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން އެނބުރި ދިއުމަށް މަގުފަހިކޮށްދިނުމަށް ޤާހިރާއިން އިސްރާއީލާއި ވޮޝިންޓަނަށް ވެސް ޕްރެޝަރު ކުރަމުން އަންނަ ކަމަށެވެ.

ޣައްޒާގެ ބޯޑަރު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުގައިވާ ގޮތުން ޣައްޒާއިން ފުރައިގެން ދިޔަ ރައްޔިތުންނަށް ރަފާހު މެދުވެރިކޮށް އެނބުރި އައުމުގެ ހުއްދަ ދޭނީ ސެކިއުރިޓީ ސްކްރީނިން އާއި މޮނިޓަރިންގެ އުސޫލުތަކަށް ބަލައިގެންނެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނީ ކްރޮސިންގެ އޮޕަރޭޝަން ސުޕަވައިޒް ކުރުމުގައި މައިގަނޑު ދައުރެއް އަދާކުރާނި ޔޫރަޕްގެ ސިފައިންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެ ހުރަސް ހުޅުވުމަށް ހަމަޖެހިފައި އޮތީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް އިސްރާއީލުން އެ ޓައިމްލައިނަށް ތަބާނުވިއެވެ.

އިސްރާއީލުގެ ސިފައިން ވަނީ 6 މެއި 2024 ގައި އެ ސިޓީގެ ކޮންޓްރޯލް ހޯދުމަށް ފަހު ހުރިހާ ދިމާލަކުން ރަފާހު މުޅިން ބަންދު ކޮށް، އެ ސިޓީގެ ހުރިހާ ވަސީލަތްތައް ހަލާކުކޮށް އަންދާލައި، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރަށް ވެސް ނުކުމެވޭނެ ގޮތް ހަދައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%