އެފްރިކާއިން އިތުރު 17،000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 426 ދުވަސް ކުރިން - 18 އޯގަސްޓް 2024 08:59
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތް: މިހާރު ދަނީ ބިރުވެރި މިންވަރަކަށް މިބަލި ފެތުރެމުން.
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތް: މިހާރު ދަނީ ބިރުވެރި މިންވަރަކަށް މިބަލި ފެތުރެމުން.
ޚުލާސާ

އެމްޕޮކްސް މިހާރު ދަނީ ބިރުވެރި މިންވަރަކަށް ފެތުރެމުން. mpox clade 1 ގެ ނަމުން ނަން ދީފައިވާ މި އާ ސްޓްރޭން ފެތުރުން އިތުރުވާތީ ޑަބްލިޔުއެޗްއޯ އިން ވަނީ މި ބަލި ފެތުރުން "ބައިނަލްއަގްވާމީ ކަންބޮޑުވުން" ގެ ގޮތުގައި ގިންތިކޮށްފަ

ޖެނީވާ – މުޅި އެފްރިކާގައި އިތުރު 17،000 އަށް ވުރެ ގިނަ މީހުންނަށް އެމްއޯއެކްސް ނުވަތަ މަކުނު ވިދުރި ޖެހިފައިވާކަން ކަށަވަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފާހަގަކޮށްލެވޭ މި ބަލިމަޑުކަން ފެތުރިފައިވަނީ ބުރޫންޑީ، ކެންޔާ، ރުވާންޑާ، އަދި ޔޫގަންޑާ ފަދަ ގައުމުތަކުންނެވެ.

ކުރިން މަންކީޕޮކްސްގެ ނަމުން މަޝްހޫރުވި އެމްޕޮކްސް މިހާރު ދަނީ މުޅި ބައްރުގައި ވެސް ބިރުވެރި މިންވަރަކަށް ފެތުރެމުންނެވެ. mpox clade 1 ގެ ނަމުން ނަން ދީފައިވާ މި އާ ސްޓްރޭން ފެތުރުން އިތުރުވާތީ ޑަބްލިޔުއެޗްއޯ އިން ވަނީ މި ބަލި ފެތުރުން "ބައިނަލްއަގްވާމީ ކަންބޮޑުވުން" ގެ ގޮތުގައި ގިންތިކޮށްފަ އެވެ.

އެފްރިކާގައި ފެތުރެމުންދާ ކޭސްތަކުގެ އިތުރުން ޔޫރަޕްގައި ވެސް އެމްޕޮކްސް ފެނިފައިވާއިރު، މިއީ މުޅި ދުނިޔެއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ކަމެކެވެ. ޑަބްލިޔުއެޗްއޯއިން ދަނީ ބަލި ފެތުރުން ކޮންޓްރޯލްކޮށް، އޭގެ އަސަރު ކުޑަކުރުމަށް ގްލޯބަލް ސަވައިލެންސް އިތުރުކޮށް، އެއްބާރުލުންދީގެން މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%