އިސްރާއީލުން ވައިގެ ޙަމަލާދީ ޣައްޒާގެ ބަޔަކު ޝަހީދުކޮށްލައިފި

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 6 ޖެނުއަރީ 2026 06:06
އިސްރާއީލުން ދިން ޙަމަލާގައި އަނިޔާވެފައިވާ ކުޑަކުއްޖަކަށް ފަރުވާ ދެނީ
އިސްރާއީލުން ދިން ޙަމަލާގައި އަނިޔާވެފައިވާ ކުޑަކުއްޖަކަށް ފަރުވާ ދެނީ
ޚުލާސާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ 422 މީހުން ޝަހީދުކޮށް، 1،189 މީހުން ޒަޚަމް ކޮށްލާފަ

ޣައްޒާގެ ދެކުނަށް އިސްރާއީލުން އިއްޔެ ވައިގެ ހަމަލާތަކެއްދީ ފަލަސްތީނުގެ ކުޑަކުއްޖަކު ހިމެނޭ ގޮތަށް ދެ މީހަކު ޝަހީދުކޮށް، އިތުރު ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.

އެ މަސްދަރު ބުނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހުޅަނގު ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ދީފައިވާ ޓެންޓަކަށް ކަމަށެވެ.

ޒައެނިސްޓުން ހަމަލާދިން ޒޯނަކީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ސިފައިން ފައިބައިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލުގެ ސިފައިން ވަނީ އެތައް ސަތޭކަ ފަހަރު އެއްބަސްވުމާއި ހިލާފުވެ، ފަލަސްތީނުގެ 422 މީހުން ޝަހީދުކޮށް، 1،189 މީހުން ޒަޚަމް ކޮށްލާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދެއަހަރު ދުވަހުގެ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވާއިރު، ފަލަސްތީނުގެ 71،400 މީހުން ޝަހީދުވެ، 171،200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%