Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނުގެ ބިމުން އިސްރާއީލަށް ޖާގަ ދޭން ޖެހޭ - ސީސީ

ފަލަސްތީނުގެ ބިމުން އިސްރާއީލަށް ޖާގަ ދޭން ޖެހޭ - ސީސީ

އުސްތާޛް މުޙައްމަދު ޢަލީ
753 ދުވަސް ކުރިން - 18 އޯގަސްޓް 2024 07:47
މިސްރުގެ ރައީސް އަބްދުލް ފައްތާޙް އެލް ސީސީ
މިސްރުގެ ރައީސް އަބްދުލް ފައްތާޙް އެލް ސީސީ
ޚުލާސާ

ސީސީ ވިދާޅުވީ ދެދައުލަތެއް ގާއިމްކުރަން ސީސީގެ ސަރުކާރާއި ވަރަށް ގާތް ގުޅުމެއް އިސްރާއީލާއި އެމެރިކާ އޮވޭ

ޤާހިރާ – ފަލަސްތީނުގެ ބިމުން އިސްރާއީލަށް ޖާގަ ދޭން ޖެހޭ ކަމަށާއި، އެއީ ދެދައުލަތުގެ ހައްލެއް ކަމަށް ބުނެ އިސްރާއީލާއި ޣައްޒާގެ މައްސަލައިގައި މިހާރު ކުރިޔަށްދާ މަޝްވަރާ ތަކުގެ ތެރެއިން ހަނގުރާމަ ހުއްޓާލުމުގެ އަވަސް އެއްބަސްވުމެއް އެކުލަވާލުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާޙް އެލް ސީސީ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ފްރާންސްގެ ފޮރިން މިނިސްޓަރު ސްޓެފަން ސެޖޯންއާ އެކު ހޮނިހިރު ދުވަހު ގާހިރާގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް ސީސީ ވަނީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އަވަސްކަން ފާހަގަކުރައްވައި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން "ނުރައްކާތެރި އަދި ނިމުމެއް ނެތް ނުތަނަވަސްކަމުގެ ދައުރެއް" ދަމަހައްޓަމުންދާ ކަމަށެވެ. އޭނާ ވަނީ މިހާރު ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން މީހުންގެ ފުރާނަ ސަލާމަތްކޮށް، ސަރަހައްދުގައި ބިރުވެރިކަން އުފެދެމުންދާތީވެ، ސަރަހައްދީ ހަނގުރާމައެއްގެ އަސަރު ކުޑަކުރެވޭނެ އެއްބަސްވުމެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން ސިސީ ވަނީ ހަނގުރާމައިގެ އަސްލު ސަބަބުތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކަށް ޕްރެޝަރު ކުރުމުގެ ޒިންމާ ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި އދ މައްޗަށް އެބައޮތް ކަމަށް ވިދާޅވެފައެވެ. ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމާއި ދެ ދައުލަތުގެ ހައްލެއް ތަންފީޒުކުރުމަކީ ދިގު މުއްދަތުގެ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ތަކުރާރުކޮށް ސީސީ ވިދާޅުވި އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ސްޓެފަން ސެޖޯން ވަނީ ފްރާންސްގެ ޑިޕްލޮމެޓިކް އިސްނެގުމާ ބެހޭ މައުލޫމާތު ސީސީއަށް ދެއްވާފަ އެވެ. ސެޖޯން ޤާހިރާއަށް ކުރައްވާ ދަތުރުފުޅަކީ ލުބުނާނާއި އިސްރާއީލުގައި ބާއްވާ ބައްދަލުވުންތަކަށް ފަހު ކުރިއަށް ގެންދާ ދަތުރުފުޅެއް ކަމަށާއި އޭނާގެ ދަތުރުގެ މަގުސަދަކީ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމަށް މަގުފަހިކޮށްދިނުމެވެ.

މިދިޔަ އޮކްޓޯބަރު މަހު ޣައްޒާގައި އިސްރާއީލުގެ އަސްކަރީ ބާރުތަކުން ވަނީ ފަލަސްތީނުގެ 40،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. މީގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

މިސްރަކީ މިހނގުރާމައި ޣަައްޒާއަށް ވަދެ ނުކުމެވޭ ބޯޑަރުގެ ކޮންޓުރޯލް ކުރުމަށް އިސްރާއީލަށް ހުއްދަ ދީފައިވާ މުސްލިމު ވެރިކަމެއް އޮންނަ ގައުމެއްކަންވެސް ފާހަގަ ކުރެވެއެވެ.

ފަލަސްތީންޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

12 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34