Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

2 އިންތިހާބު އެއްކޮށްލާ ބިލު ބަލައިގެންފި، އެމްޑީޕީން ބިލާ ދެކޮޅު

2 އިންތިހާބު އެއްކޮށްލާ ބިލު ބަލައިގެންފި، އެމްޑީޕީން ބިލާ ދެކޮޅު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
191 ދުވަސް ކުރިން - 5 ޖެނުއަރީ 2026 15:49
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީ ތާއީދު ނުކުރާނެ ކަމަށާއި، ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ހެޔޮނިޔަތުގައި ނޫން ކަމަށް ގަފޫރު ވިދާޅުވި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. 

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި އިސްލާހު މަޖިލީހަށް ބަލައިގަތީ 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރުންނެވެ. މަޖިލީހަށް ބިލު ބަލައިގަނެ، އެ ބިލު މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީން ދެކޮޅު ހަދާކަން ހާމަކުރެއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ. ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީ ތާއީދު ނުކުރާނެ ކަމަށާއި، ހަރަދު ކުޑަކުރުމުގެ ނަމުގައި ގާނޫނު އަސާސީ ބަދަލުކޮށްގެން އެ ބަދަލު ގެންނަން އުޅެނީ ވެރިކަން ދެމެހެއްޓުމަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

Advertisement

Advertisement 1

އެގޮތުން ސަރުކާރުން މަސައްްކަތް ކުރަނީ 10 އަހަރު ދުވަހަށް ވެރިކަން ދަންމާލަން ކަމަށް ގަފޫރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ހަރަދުބޮޑުވެގެން އެއްކޮށްލާނަމަ އެއްކޮށްލާނީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށް ގަފޫރު ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލައި، ދައުރުގެ މެދު ތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުކުޑަވާނެ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި، ޕަބްލިކް ވޯކްސްއަށް 500 މީހުން ވައްދަން މިހާރުވެސް އިއުލާނުކޮށްފައިވާ ކަމަށް ގަފޫރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެއީ 72 މިލިޔަން ރުފިޔާ އަހަރަކު ހަރަދުވާނެ ކަމެއް ކަމަށް ގަފޫރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން އުޅެނީ ހެޔޮނިޔަތުގައި ނޫން ކަމަށާއި، އެއީ ރަނގަޅު ދިރާސާއެއް ކުރެވިގެން ކުރާ ކަމެއް ނޫންކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%