ރ. ކިނޮޅަސް ކައިރިން އިއްޔެ ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ކިނޮޅަސް ކައިރިން ފެނުނު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން އެ މީހާގެ ޖިންސު މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:24 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.









