ޖުވާ ކުޅެގެން މުއްސަނދިވި މީހަކާ ދިމާނުވޭ، ދިމާވަނީ އެކަމުގެ ސަބަބުން ހަޔާތް ބަރުބާދުވެފައިވާ މީހުންނާ: އަޒާން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ދުވަސް ކުރިން - 5 ޖެނުއަރީ 2026 16:02
މެމްބަރު އަޒާން. ޖުވާ ކުޅުމުގެ ސަބަބުން އުހްރަވީ ގޮތުންނާއި ދުންޔަވީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު އަޒާން. ޖުވާ ކުޅުމުގެ ސަބަބުން އުހްރަވީ ގޮތުންނާއި ދުންޔަވީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ޖުވާ ކުޅުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ގެއްލިގެންދާ ކަމަށް މެމްބަރު އަޒާން ވިދާޅުވި

ޖުވާ ކުޅެގެން މުއްސަނދިވި އެއްވެސް މީހަކާ ދިމާނުވާ ކަމަށާއި އެހެން ނަމަވެސް ދިމާވަނީ އެކަމުގެ ސަބަބުން ހަޔާތް ބަރުބާދުވެފައިވާ މީހުންނާ އެކަނި ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.

މެމްބަރު އަޒާން މި މޭރުމުން ވިދާޅުވީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގާނޫނު ނަމްބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުންނެވެ. މެމްބަރު އަޒާން ވިދާޅުވީ ރާއްޖޭގައި ޖުވާ ކުޅުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި ވަކިން ހާއްސަކޮށް މި ވަބާއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އާންމުވެފައިވާ ވަބާއެއް ކަމަށެވެ.

"ދުންޔަވީ ގޮތުންވެސް ޖުވާ ކުޅުމުގެ ސަބަބުން ލިބޭ ވަރަށް ގިނަ ގެއްލުންތައް އެބަހުރި، އެގޮތުން ގައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ގެއްލިގެންދާ ކަމެއް ޖުވާކުޅުމަކީ، ދުނިޔޭގެ އެހެން ތަންތަނުގައި ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޕްރޮޑަކްޓިވިޓީ ވަރަށް ބޮޑަށް ދަށަށް ދޭ ޖުވާ ކުޅުމުގެ ސަބަބުން،" --- މެމްބަރު އަޒާން ވިދާޅުވި އެވެ.

މެމްބަރު އަޒާން ވިދާޅުވީ ޖުވާކުޅުމުގެ ސަބަބުން މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކާއި އެއަށްވުރެ ދަށް ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި އެހެންނަމަވެސް މުއްސަނދިންނަށް މިކަމުގެ އަސަރު ކުރާލެއް މަދު ކަމަށެވެ.

"އޮންލައިންކޮށް ޖުވާ ކުޅެވޭތީ ވަރަށް ގިނަ ފަރާތްތަކުން މިވަނީ މިކަން ކުރަން ފަށައިފަ، އެހެންވީމަ ވަކިން މި ގާނޫނުގެ ދަށުން ހާއްސަކޮށް މިފަދަ އޮންލައިން ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކާމެދު ވަރަށް ހަރުކަށި ފިޔަވަޅުތައް އެޅިގެންދާނެ، މީގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ ކުރިއަށް އޮތް ޖީލު ވަރަށް ނުބައި އާދައަކުން ސަލާމަތްވެގެންދާނެ،" --- މެމްބަރު އަޒާން ވިދާޅުވި އެވެ.

މެމްބަރު އަޒާން ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި ޖުވާ ކުޅުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި ހުށަހެޅުއްވި ބިލެކެވެ. މެމްބަރު އަޒާން ވަނީ ހުރިހާ މެމްބަރުންވެސް މި ބިލަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%