Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮޑެތި ބަލިތަކަށް ބޭސްކުރަން ޕެންޝަން ފައިސާ ނެގޭ އިސްލާހެއް!

ބޮޑެތި ބަލިތަކަށް ބޭސްކުރަން ޕެންޝަން ފައިސާ ނެގޭ އިސްލާހެއް!

މުހައްމަދު ޖަމްޝަތު
157 ދުވަސް ކުރިން - 4 ޖެނުއަރީ 2026 21:01
ޕެންޝަނާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބޭއްވި ރޯޑްޝޯއެއްގެ ތެރެއިން---ފޮޓޯ: ޕެންޝަން އޮފީސް
ޕެންޝަނާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބޭއްވި ރޯޑްޝޯއެއްގެ ތެރެއިން---ފޮޓޯ: ޕެންޝަން އޮފީސް
ޚުލާސާ

ޕެންޝަން ލިބޭ އުމުރު ހަމަނުވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހުން ޕެންޝަން ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހެޅުމުން ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުމަށް ބިލުގައި ހިމަނާފައިވޭ

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ހަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން އެ އިސްލާހު ހުށަހެޅުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމަށް ކަނޑައެޅުމާއި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ.

Advertisement

Advertisement 1

ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ކަމަށް އެ އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށެވެ.

ސަރުކާރުން މި ހުށަހަޅުއްވާ ހުށަހެޅުއްވުމަކީ ޕެންޝަން ގާނޫނަށް މާއްދާތަކެއް އިތުުރު ކުރުން ކަމަށް ވާއިރު، އެ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުން ހިމެނެ އެވެ.

އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އެ މީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ނުލިބޭނެކަމަށް ކަނޑައެޅުމާއި އެކަމާ ގުޅޭ އުސޫލުތައްވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށް ކަނޑައެޅުމަށާއި، އެނޫންވެސް ގާނޫނު ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތަށްވެސް ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވެ އެވެ.

ޕެންޝަން އޮފީސްރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50