އެހީދޭ ޖަމާޢަތްތަކަށް ހުރަސްއެޅުން ޔަހޫދީން ތަންފީޒުކުރަން ފަށައިފި

ހުސައިން އިސްމާއިލް | 11 ދުވަސް ކުރިން - 3 ޖެނުއަރީ 2026 11:08
ޣައްޒާގައި ވައްޓަލާފައިވާ އިމާރާތެއްގެ ކައިރިން ކުޑަކުއްޖަކު ހިނގާފައި ދަނީ
ޣައްޒާގައި ވައްޓަލާފައިވާ އިމާރާތެއްގެ ކައިރިން ކުޑަކުއްޖަކު ހިނގާފައި ދަނީ
ޚުލާސާ

ޔަހޫދީން ވަނީ ފަލަސްތީނުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދޭ 37 ޖަމާއަތަށް ހުރަސްއެޅުން ތަންފީޒުކުރަން ފަށާފަ

ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކުރިން ޙަރަކާތްތެރިވި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ 37 ޖަމިއްޔާއެއް ހަރަކާތްތެރިވުން މަނާކުރުމަށް އިސްރާއީލުން ނިންމި ނިންމުން ތަންފީޒުކުރަން ފަށައިފިއެވެ. މިކަމުގައި ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، މިއީ މިހާރުވެސް މުސީބާތެއް ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމެއް ކަމަށް، ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއާއި ކާބޯތަކެއްޗާއި، އިންސާނީ އެހީތެރިކަމާއި ބޯހިޔާވަހިކަމުގެ އެހީތެރިކަމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ އަހަރުތަކެއް ވެފައިވާ ނޯވޭޖިއަން ރެފިއުޖީ ކައުންސިލުން ބުނެފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މި ނިންމުމަކީ ޣައްޒާގެ ހުރިހާ އެންމެނަށް ކާނާއާއި ބޭހާއި ސާފު ފެނާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިންސާނީ އެހީއަށް ހުރި ބޮޑު ހުރަހެކެވެ.

ބައިނަލްއަގްވާމީ އެހީއަށް މުޅިން ބަރޯސާވެފައިވާ އެތައް ހާސް ފަލަސްތީނެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ހިދުމަތް ނުލިބިދާނެ ކަމަށް އެހީދޭ އިދާރާތަކުން އިންޒާރު ދީފައިވެ އެވެ. ބައެއް ޖަމިއްޔާތަކުން ބުނީ އެ ޖަމިއްޔާތަކުގެ މުވައްޒަފުންނަށް މިހާރު ސަލާމަތީ ނުރައްކާތައް އިތުރުވެފައިވާއިރު، މުހިންމު އޮޕަރޭޝަންތައް މުޅިން ބަންދުކުރަން މަޖުބޫރުވެއްޖެ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އިން ބުނީ މިއި ޒަމާނުއްސުރެ ގާއިމްވެފައިވާ އިންސާނީ އުސޫލުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ފުށުއަރާ ކަމެއް ކަމަށެވެ. އދ. އާއި ޔޫރަޕްގެ ބައެއް ސަރުކާރުތަކާއި ބައިނަލްއަގްވާމީ އެންޖީއޯތަކުން ވަނީ މި ކަންބޮޑުވުންތައް ތަކުރާރުކޮށް، އެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް އިސްރާއީލަށް ގޮވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%