ޔުކްރޭނުގެ ޑްރޯން ޙަމަލާއެއްގައި 27 މީހުން މަރުވެއްޖެ

ހުސައިން އިސްމާއިލް | 22 ދުވަސް ކުރިން - 2 ޖެނުއަރީ 2026 17:37
އާއަހަރު ފާހަގަކުރަމުން ދަނިކޮށް ޔުކްރޭނުން ޑްރޯން ޙަމަލާދީ ރަޝިޔާގެ 27 މީހުން މަރައިލުން / ފޮޓޯ: ވްލަޑިމިއާ ސަލްޑޯ
އާއަހަރު ފާހަގަކުރަމުން ދަނިކޮށް ޔުކްރޭނުން ޑްރޯން ޙަމަލާދީ ރަޝިޔާގެ 27 މީހުން މަރައިލުން / ފޮޓޯ: ވްލަޑިމިއާ ސަލްޑޯ
ޚުލާސާ

އާއަހަރު ފާހަގަކުރަން ތިއްބާ ޔުކްރޭނުން ޙަމަލާދީ 27 މީހުން މަރާލައިފި

އައު އަހަރުގެ އުފާ ފާޅުކުރަމުން ދިޔަ ހޮޓަލަކަށް އަމާޒުކޮށް ޔުކްރޭނުން ދިން ޑްރޯން ޙަމަލާއެއްގައި 27 މީހުން މަރުވެ ވަރަށް ގިނަ ބަޔަކު ޒަޚަމް ވެއްޖެ ކަމަށް ރަޝިއާއިން ބުނެފިއެވެ. ޔުކްރޭނުން މި ޙަމަލާ ދީފައި ވަނީ ރަޝިޔާގެ ބާރުގެ ދަށުގައިވާ ޚާރްސަން އަށެވެ.

ޚާރްސަންގެ ގަވަރުނަރު ވްލަޑިމިއާ ސަލްޑޯ ވިދާޅުވީ ކަޅު ކަނޑުގެ ރިސޯޓް ޓައުން ޚޯރްލީގެ ހޮޓަލަކާއި ރެސްޓޯރެންޓަކަށް ދިން މި ޑްރޯން ޙަމަލާ އަކީ ޔުކްރޭނުން ދިން ޓެރަރިސްޓް ޙަމަލާ އެކެވެ. އޭނާ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

24 ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރޭނަށް ރަސްމީކޮށް އަރައިގަތް ފަހުން ޔޫކްރޭންގެ 70،000 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެފައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ރަޝިއާ އަށް ހަނގުރާމަ ކޮށްދޭ 152،000 މީހުން މަރުވެފައިވާކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ސުލްހައިގެ މަޝްވަރާތައް އެތައް ފަހަރަކު ބާއްވާފައިވާއިރު، ހަނގުރާމަ ހުއްޓާލުމަކަށް ނުވަތަ ރަސްމީ އެއްބަސްވުމަކަށް އަދިވެސް ނާދެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%