މިއަދު ހަވީރު ޕްރިމިއަ ލީގުގައި ލިވަޕޫލް އަދި އިޕްސްވިޗް ޓަވްން ބައްދަލު ކުރި މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފިއެވެ.
މިސީޒަނުގައި އަލަށް ކޮލިފައިވި އިޕްސްވިޗް ޓައުންގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލްއަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ޑިއެގޯ ޖޮޓާއެވެ. އޭގެ ފަސްމިނުޓު ފަހުން 65 ވަނަ މިނުޓުގައި ލިވަޕޫލްއަށް އެޓީމްގެ ލީޑް ފުޅާ ކޮށްދިނީ މުހައްމަދު ސަލާހްއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އާސެނަލް އިންވަނީ 2-0ގެ ނަތީޖާއަކުން ވުލަވްސްގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްއިން ވަނީ ރަނގަޅު ކުޅުމެއްކުޅެ ލީޑު ނަގައިފައެވެެ. މެޗުގެ 25ވަނަ މިނުޓުގައި ބުކަޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލް އާސެނަލްއަށް ކާމިޔާބު ކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ. އާސެނަލްގެ ދެވަނަ ލަނޑު 74 ވަަނަ މިނުޓުގައި ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަކާއެވެ.
މީގެ އިތުރުން ޕްރިމިއަ ލީގުގައި މިރޭ، ބްރައިޓަންއިން އެވެޓަންގެ މައްޗަށް 3-0ކުން ކުރި ހޯދިއިރު ނިއުކާސަލްއިންވަނީ ސައުތެމްޕްޓަންގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.އަދި ނޮޓިންގްހަމްއާއި ބޯނަމައުތް ބައްދަލުކުރި މެޗުވަނީ 1-1ކުން އެއްވަރު ވެފައެވެ.
މިރޭގެ ފަހު މެޗުގައި ވެސްޓް ހޭމް އަދި އެސްޓެން ވިލާ ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާއަކުން އެސްޓެން ވިލާއިންވަނީ ކާމިޔާބުކޮށްފަައެވެ.









