އާއަހަރޭ ކިޔައި ޔަހޫދީންނާއި ގުޅުން ނުބާއްވަން ބައިމިލިއަން މީހުން ނުކުމެ މުޒާހަރާކޮށްފި

ހުސައިން އިސްމާއިލް | 13 ދުވަސް ކުރިން - 2 ޖެނުއަރީ 2026 10:35
އާއަހަރު ފާހަގަކުރުމުގެ ނަމުގައި ފަލަސްޠީނުގެ ޙައްޤުގައި ތުރްކިޔޭން އަޑު އުފުލަނީ
އާއަހަރު ފާހަގަކުރުމުގެ ނަމުގައި ފަލަސްޠީނުގެ ޙައްޤުގައި ތުރްކިޔޭން އަޑު އުފުލަނީ
ޚުލާސާ

27 މަސް ދުވަހުގެ ތެރޭގައި ޣައްޒާއަށް 210،000 ޓަނުގެ ބޮން އަޅައި، 70،000 މީހުން ޝަހީދުކޮށްލައި، 2،600 ޢާއިލާ އެކީއެކަށް ނައްތާލާފައިވާތީ ޔަހޫދީންނަށް އަދަބުދޭން ތުރްކިޔޭން ގޮވާލައިފި

އާއަހަރު ފާހަގަ ކުރުމަށް އިސްތަންބޫލުގެ ގަލަޓާ ބްރިޖަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން އެއްވެ، ޣައްޒާގެ ޙާލަތާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް، ހަނގުރާމަ މުޅީން ނިމުމަކަށް ގެނައުމަށް ގޮވާލައިފިއެވެ.

ހަނގުރާމަ ހުއްޓައިލީމޭ ބުނެވެސް، އަނެއްކާވެސް ޙަމަލާތައް ދެމުންދާކަން ފާހަގަކޮށް، ޔަހޫދީން ހިންގާފައިވާ ޖަރީމާތަކުގެ މަތީން ހަނދާން ނައްތައި ނުކުމަށާއި، އަދި ޔަހޫދީންނާއި ގުޅުން ނުބޭއްވުމަށް، ޒުވާނުން އިސްނަގައިގެން ބޭއްވި މި އެއްވުމުގައި ގޮވައިލިއެވެ.

އާއަހަރު ފާހަގަކުރުމުގެ ނަމުގައި ފަލަސްޠީނުގެ ޙައްޤުގައި ތުރްކިޔޭން އަޑު އުފުލަނީ: މި އެއްވުމުގައި ބައިމިލިއަން މީހުން ބައިވެރިވި.

މުޒާހަރާގެ ބައިވެރިން ފާހަގަކުރި ގޮތުގައި ފާއިތުވި 27 މަސް ދުވަހުގެ ތެރޭގައި ޣައްޒާއަށް 210،000 ޓަނުގެ ބޮން އަޅައި، 70،000 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި، 2،600 ޢާއިލާ އެކީއެކަށް ނައްތާލާފައި ވެއެވެ.

މީގެ އިތުރުން އިސްރާއީލުން ވަނީ ފަލަސްޠީނުގެ 12000 މީހުން ހިފައި ހައްޔަރުކޮށް ޖަލަކަށް ލައި ބަންދުކޮށްފައި ކަމަށާއި، ދުނިޔޭގެ ބައެއް ޖަމާޢަތްތަކުން މިހާރު ދަނީ ފަލަސްޠީނުގެ މަތިން ހަނދާން ނައްތާލައި ޔަހޫދީ ދައުލަތާއި ގުޅުން ބަދަހިކުރަމުން ކަމަށް ވެސް ތުރްކިޔޭގެ މުޒާހަރާގައި ހިތާމައާއި އެކު ފާހަގަކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%