Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިލުފުށީ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވިލުފުށީ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
240 ދުވަސް ކުރިން - 1 ޖެނުއަރީ 2026 16:05
ތ. ވިލުފުށި--- ފޮޓޯ: ޕީއެސްއެމް
ތ. ވިލުފުށި--- ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް ކޮންސްތްރަކްޝަން މިނިސްޓްރީން ވަނީ ބުނެފަ

ތ. ވިލުފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވިލުފުށީގައި އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދ ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ހައުސިން ޔުނިޓްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

Advertisement

Advertisement 1

މި ހައުސިން ޔުނިޓްތަކަށް އެދޭ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށް ވާންޖެހެ އެވެ. މީގެ އިތުރުން ވިލުފުށީގެ ރަށްވެހިންނަށާއި، ނުވަތަ އެ ރަށަށް ހިޖުރަކޮށް މެދުނުކެނޑި 10 އަހަރު ދުވަހު ދިރިއުޅެމުންދާ ފަރާތްތަކަށް ހައުސިން ޔުނިޓުތައް ދިނުމުގައި ހާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާއިރު ހައުސިން ޔުނިޓްތައް ހޯދަން އެދޭ ފަރާތް ނުވަތަ އަނބިމީހާ / ފިރިމީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ޔުނިޓެއް ލިބިފައި އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދިހަމަ އެހެންމެ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެފަދަ ބިމެއް ވިއްކާލާފައިވާ ނުވަތަ އެހެން ފަރާތަކަށް ދީފައިވާ ފަރާތަކަށްވެސް ވެގެން ނުވާނެ ކަމަށާއި، 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ނަމަ، ހައުސިން ޔުނިޓް ލިބުމުން އެ ބިން ދޫކޮށްލަން އެއްބަސްވާން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ހައުސިން ޔުނިޓް ހޯދަން އެދޭ ފަރާތްތަކުގެ މަސްދުވަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60,000 ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ފޯމު ހުށަހަޅާ ފަރާތްތަކަށް، މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅޭނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 4004919 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

44 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

47 ދުވަސް ކުރިން - 14:14