Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޝްރޫއުތަކަށް ގެންނަ އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅުއަޅަނީ

މަޝްރޫއުތަކަށް ގެންނަ އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅުއަޅަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
247 ދުވަސް ކުރިން - 1 ޖެނުއަރީ 2026 15:16
ކަސްޓަމްސްގެ ހެޑް އޮފީސް--- ކަސްޓަމްސްއިން ބުނީ އެފަދަ އުޅަނދުތައް ހޯދައި އެ ފަރާތްތަކުގެ މައްސަލަ ބަލައ،ި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް--- ފޮޓޯ: ޚުލާސާ
ކަސްޓަމްސްގެ ހެޑް އޮފީސް--- ކަސްޓަމްސްއިން ބުނީ އެފަދަ އުޅަނދުތައް ހޯދައި އެ ފަރާތްތަކުގެ މައްސަލަ ބަލައ،ި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް--- ފޮޓޯ: ޚުލާސާ
ޚުލާސާ

ކަސްޓަމްސްއިން މި ފިޔަވަޅު އަޅަން ނިންމީ ރައީސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން މިކަމާމެދު ކަންބޮޑުވުން ފާލުކުރުމާ ގުޅިގެން

މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް، ރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައ،ް އެ މަޝްރޫއެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށްދީ ގަވާއިދާ ހިލާފަށް އުޅަނދު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement 1

ކަސްޓަމްސްއިން ބުނީ އެފަދަ އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، އެ ފަރާތްތަކުގެ މައްސަލަ ބަލައ،ި އަޅަންޖެހޭ ފިޔަވަޅުތައް އަޅައ،ި ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދާނެ ކަމަށެވެ.

ކަސްޓަމްސްއިން މި ފިޔަވަޅު އަޅަން ނިންމީ ނިމިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައ،ި އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ރައީސަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

18 ދުވަސް ކުރިން - 09:18

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

32 ދުވަސް ކުރިން - 23:01

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

37 ދުވަސް ކުރިން - 14:40

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

78 ދުވަސް ކުރިން - 23:02

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

121 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

132 ދުވަސް ކުރިން - 12:25