Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިދުނިޔެމަތިން ވެސް ހިތި ނަތީޖާ ފެންނާނެއެވެ!

މިދުނިޔެމަތިން ވެސް ހިތި ނަތީޖާ ފެންނާނެއެވެ!

ހުސައިން އިސްމާއިލް
242 ދުވަސް ކުރިން - 1 ޖެނުއަރީ 2026 05:56
މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ: މީހަކަށް އަނިޔާއެއް ދިނުމަކީ ތިމާ އޭގެ ހިތި ތަޖުރިބާކުރަން ޖެހިދާނެ ކަމެއް
މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ: މީހަކަށް އަނިޔާއެއް ދިނުމަކީ ތިމާ އޭގެ ހިތި ތަޖުރިބާކުރަން ޖެހިދާނެ ކަމެއް
ޚުލާސާ

މާތް الله ފޮރުއްވާފައިވާ، މުސްލިމެއްގެ އައިބު ކަންތައްތައް ފަޅާއަރުވައި ބޭޒާރުކޮށްފިނަމަ، އެފަދަ މީހުންގެ މާ ބޮޑެތި އައިބުކަންތައްތައް الله ބޭޒާރުކުރައްވާ ހާމަކުރައްވާނެ

އެހެން މީހުން ވައްޓައިލުމަށް ވަޅުގަނޑެއް ކޮންނަމީހާ އަށް، އިލާހީ އަދަބުން ސަލާމަތްވެވޭނެ ކަމަށް ހީކުރާނަމަ އެއީ ކުށް ހީއެކެވެ. އޭނާ އެ ހަނދުމަނެތިކޮށްލަނީ ތަޤުދީރު ގެ ޤާނޫނަކީ ވަކި ފަރާތަކަށް ބުރަވުމެއްނެތް އިންސާފުވެރި ޤާނޫނެއްކަމެވެ. ބިމުގައި އިންދި އޮއްޓަރަކުން އެވައްތަރުގެ ގަސްފަޅާނެކަމެވެ. ނުބައި އޮއްޓަރެއް ނަމަ، ނުބައި މުޑުވަކެވެ.

މާތް الله ފޮރުއްވާފައިވާ، މުސްލިމެއްގެ އައިބު ކަންތައްތައް ފަޅާއަރުވައި ބޭޒާރުކޮށްފިނަމަ، އެފަދަ މީހުން ގެ މާ ބޮޑެތި އައިބުކަންތައްތައް الله ބޭޒާރުކުރައްވާ ހާމަކުރައްވާނެއެވެ. އަނެކާގެ އަގުވައްޓައިލި ފަދައިން، އޭނާގެ ވެސް އަގުވައްޓައިލައްވާނެއެވެ.

މި ދުނިޔޭގެ ތިލަފަތަކީ، އަހަރެމެންގެ ލޮލަށް ފެންނަވަރަށް ވުރެ، މާ ކަވި މާ އިންސާފުވެރި ތިލަފަތެކެވެ. ދުނިޔޭގެ ކަންތައް ހިނގަނީ، ހަމައެއް މިންގަނޑެއްނެތި ގަހުގަތްބުރަށް ކަމަށް ހީކުރުމަކީ، ގޯހެކެވެ.

Advertisement

Advertisement 1

ކާއިނާތުގެ ދުނިޔަވީ ލޯގަނޑުން އިންސާނާގެ ޢަމަލުތައް އޭނާ އާ އަރައިހަމަކުރާތަން ފެންނާނެެއެވެ.

އަނިޔާވެރިކަމަކީ ނަތީޖާއެއް ނެތްގޮތަކަށް ކޮށްލާ އާދައިގެ ޢަމަލެއް ނޫނެވެ. އަދިކިއެއްތަ؟ އެއީ، އަނދިރި ހަކަތައެކެވެ. އޭގެ ދުން އަނެކަކުގެ ގައިގައި ޖެހުމުގެ ކުރިން އެ ހަކަތައިގެ ހުޅުގަނޑު ރޯކޮށްލި މީހާއާ ދިމާއަށް އެނބުރި އަންނާނެއެވެ.

އަނިޔާވެރިކަމަކީ އަނިޔާވެރިކަމުގެ އަލިފާންރޯކޮށްލި އަތް ނާނދާގޮތަށް އޭގެ ހުޅުރޯކުރެވޭ އެއްޗެއް ނޫނެވެ. މިއީ އެކަލާނގެ ޤާނޫނެވެ.

އިންސާފު ގެ އޮއްޓަރު އިންދައިފިނަމަ، އެމީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.

އަދި ގެއްލުންދިނުމުގެ ކަށިގަސް އިންދާފި މީހާގެ ގަޔަށް އޭނާގެ އަމިއްލަ އަތުން އިންދި ގަހުގެ ތޫނުކަށިތައް ހެރޭނެކަން ގައިމެވެ.

ޑރ. މުޞްޠަފާ މަޙްމޫދު

(ތަރުޖަމާ: ފަޟީލަތުއްޝައިޚް ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރު)

ޤުބާދުދީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

16 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

16 ދުވަސް ކުރިން - 13:22

ސާފުތާހިރުވުމުގެ ނަމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ހަރާމްކަމެއް: ހުތުބާ

ސާފުތާހިރުވުމުގެނަމުގައި ހުއްދަނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުނުކުރޭ!

129 ދުވަސް ކުރިން - 13:04

އީރާނު މީހުންނަކީ ކާފަރުންނޭ ބުނެ ފިތުނަ ނުކުރާށެވެ!

އީރާނު މީހުންނަކީ ކާފަރުންނޭ ބުނެ ފިތުނަ ނުކުރާށެވެ!

166 ދުވަސް ކުރިން - 16:28

މާލެސިޓީގައި ފަހު ދިހައިގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

މާލެސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

176 ދުވަސް ކުރިން - 14:05

އިސްލާމް މާއްދާ އިނގިރޭސި ބަހަށް - މިއީ ގުރުއާންވެސް އިނގިރޭސިއަށް ބަދަލުކުރުމުގެ ރޭވުމެއް

އިސްލާމްފޮތް އިނގިރޭސިއަށް ބަދަލުކުރުމަކީ ޤުރުއާންވެސް ބަދަލުކުރުމުގެ ރޭވުމެއް

245 ދުވަސް ކުރިން - 10:51