ރުގްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 24 ދުވަސް ކުރިން - 31 ޑިސެންބަރު 2025 00:09
ކްރިމިނަލް ކޯޓު--- ފޮޓޯ: ދިޔަރެސް
ކްރިމިނަލް ކޯޓު--- ފޮޓޯ: ދިޔަރެސް
ޚުލާސާ

އަސީލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އިސްމާއިލް ވަހީދުގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ

ރުގްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި ތިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުޑަކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައި ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފަ އެވެ. 

މި މައްސަލައާ ގުޅިގެން އިސްމާއިލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއްކޮށްފައިވާއިރު މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ވަނީ ކޮށްފަ އެވެ. އެހެން ކަމުން އިސްމާއިލް ވަހީދު ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް އަދި މުހައްމަދު އަސީލް 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%