Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދެނީ

39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދެނީ

މުހައްމަދު ޖަމްޝަތު
162 ދުވަސް ކުރިން - 31 ޑިސެންބަރު 2025 12:19
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން----
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން----
ޚުލާސާ

މިއީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރުތަމަ ފަހަރު

މީޑިއާ ގްރާންޓަށް ޝަރުތުހަމަވި 41 މީޑިއާގެ ތެރެއިން އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރި 39 މީޑިއާ އަށް 28.2 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި މިއަދު އިއުލާނުކޮށްފި އެވެ.

މީޑިއާ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މީޑިއާތަކަށް ދޫކުރާ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ވަނީ ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް، މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރީ 39 މީޑިއާއެއް ކަމަށާއި އެ މީޑިއާތަކަށް މާލީ އެހީގެ ގޮތުގައި ދޭ އަދަދު މީޑިއާ އެޕްގެ ޕޯޓަލް އިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

Advertisement

Advertisement 1

މީޑިއާ ކޮމިޝަނުން ބުނީ މާލީ އެހީއަށް އެދުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ދެ މީޑިއާއަކުން ފުރިހަމަކޮށްފައި ނުވާތީ، ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ފައިސާ އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީގައި އެދިފައި ވާނެ ކަމަށެވެ.

މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ އެވެ.

މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުމީޑިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ

"މީޑިއާތަކަކީ މާލީގޮތުން މިނިވަން ތަންތަނަށް ހެދުމަކީ އަމާޒެއް"

39 ދުވަސް ކުރިން - 14:03

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް، ރައީސްގެ އަމުރަކަށް ނޫން: މުންދު

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް

42 ދުވަސް ކުރިން - 17:54

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 14:10

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 13:14

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

"ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ"

44 ދުވަސް ކުރިން - 13:04

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަނީ

44 ދުވަސް ކުރިން - 22:27