އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި 3 ދުވަހުގެ ފެސްޓިވަލެއް!

މުހައްމަދު ޖަމްޝަތު | 16 ދުވަސް ކުރިން - 29 ޑިސެންބަރު 2025 20:19
އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ފެސްޓިވަލެއް ބާއްވަން ވަނީ ނިންމާފައި----
އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ފެސްޓިވަލެއް ބާއްވަން ވަނީ ނިންމާފައި----
ޚުލާސާ

މި ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ގިނަ ފަންނާނުންތަކާއި ބޭންޑްތަކުގެ ހަރަކާތްތަށް ފެނިގެންދާނެ

އާ އަހަރުގެ ފެށުން ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ތިން ދުވަހުގެ ކުޅިވަރުގެ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ބާއްވާ ހަރަކާތެކެވެ. ފެސްޓިވަލް ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 1 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގައި ކުޑަކުދިންގެ ހަވީރާއި ރޮބޯ މޭން، ސަގާފީ ކުޅިވަރުތަކާއި ފުޑް ސްޓޯލްތައް އަދި ސްޓޭޖް ޝޯ އާއި އެހެނިހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ރާވައިފައެވެ.

އޭގެ އިތުރުން އާ އަހަރުގެ ފެށުން ފާހަގަކުރަން 31 ވަނަ ދުވަހުގެ ރޭ ބާއްވާ ޝޯގައި ޑްރޯން ޝޯ އާއި ހަވާ އަރުވަންވެސް ވަނީ ނިންމައިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%