Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާ ޓާމިނަލުން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

އާ ޓާމިނަލުން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

މުހައްމަދު ޖަމްޝަތު
164 ދުވަސް ކުރިން - 28 ޑިސެންބަރު 2025 18:54
ވީއައިއޭ ޓާމިނަލް 1އިން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެމްއޭސީއެލް
ވީއައިއޭ ޓާމިނަލް 1އިން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

މިއީ އާ ޓާމިނަލުން ހިދުމަތްދޭންފެށި 39 ވަނަ އެއާލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.=

ވީއައިއޭ ޓާމިނަލް 1އިން އޭރޯފްލޮޓް އެއާލައިނަށް ހިދުމަތް ދޭން ފެށުމަށް ޓާމިނަލުގައި ވަނީ، ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ހުސައިން ފަހުމީއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް އައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް އެލެކްސީ އެމް އިޑަމްކިން އާއި އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, SU-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއްވެސް ވަނީ ކިޔައިފައެވެ.

އޭރޯފްލޮޓްއަކީ ރަޝިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 އޮގަސްޓް 1994ގައެވެ.

އޭރޯފްލޮޓް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލްވެލާނާ އެއާޕޯޓް ޓާމިނަލް 1ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

1 ދުވަސް ކުރިން - 08:55

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ

އީދު ހަވީރުގައި ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ: އެމްއޭސީއެލް

16 ދުވަސް ކުރިން - 15:56

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

27 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

27 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53