Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރިއަށް ގެންދިޔަ އެއްވެސް ދިރާސާއެއްގައި ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ނާހަން: އެޗްއާރުސީއެމް

ކުރިއަށް ގެންދިޔަ އެއްވެސް ދިރާސާއެއްގައި ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ނާހަން: އެޗްއާރުސީއެމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
201 ދުވަސް ކުރިން - 28 ޑިސެންބަރު 2025 15:32
އެޗްއާރުސީއެމްގެ ނަންބޯޑު--- ފޮޓޯ: ފޯރަމް އޭޝިއާ
އެޗްއާރުސީއެމްގެ ނަންބޯޑު--- ފޮޓޯ: ފޯރަމް އޭޝިއާ
ޚުލާސާ

އެޗްއާރުސީއެމްއިން ބުނީ މަސައްކަތްތައް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއ،ި ގާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކުގެ އިމުގެ ތެރޭގައި ކަމަށް

ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައި ނުވާނެ ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފަ ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމް އިން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ކުރި ދިރާސާއަކާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެޗްއާރުސީއެމް އިން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއ،ި ގާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެޗްއާރުސީއެމް އިން ބުނީ އެފަދަ ހާލަތަކާއި ހިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުން ބަޔާންކޮށްފައި ނުވާނެ ކަމަށެވެ.

Advertisement

Advertisement 1

އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއ،ި ގާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކުގެ އިމުގެ ތެރޭގައި އެޗްއާރުސީއެމްގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެޗްއާރުސީއެމް އިން ބުނީ، ހުރިހާ ވަގުތަކު ހުރިހާ ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީއާތާއި އިސްލާމްދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަހަތުތައް ކަމަށެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަޤީގަތާއި ހިލާފު ވާހަކަތަކާއި މާނަ އޮޅޭގޮތަށް ދޮގު ވާހަކަތައް ނުދެއްކުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްއާރްސީއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ބަންދުގައި ހުރި މީހަކު ކަސްޓޯޑިއަލް ގޮޅިތެރޭގައި ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރިމީހަކު ކަސްޓޯޑިއަލް ގޮޅިތެރޭގައި ނިޔާވެއްޖެ

82 ދުވަސް ކުރިން - 16:36

ހިޔާލު ފާޅުކުރުމުގައި އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

87 ދުވަސް ކުރިން - 23:42

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

129 ދުވަސް ކުރިން - 12:42

ފަހު ދިހައެއްގައި ވެސް އެޗްއާރުސީއެމްއަށް މައްސަލަ ބަލައިގަންނާނެ

ފަހު ދިހައެއްގައި ވެސް އެޗްއާރުސީއެމްއަށް މައްސަލަ ބަލައިގަންނާނެ

134 ދުވަސް ކުރިން - 15:19

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

ވެމްކޯއާ ގުޅޭގޮތުން އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

142 ދުވަސް ކުރިން - 15:58

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކޮށްފި

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކޮށްފި

190 ދުވަސް ކުރިން - 17:22