ހައިސްކައި އެއާލައިނަށް އާ ޓާމިނަލުން ހިދުމަތްދޭން ފަށައިފި

މުހައްމަދު ޖަމްޝަތު | 28 ދުވަސް ކުރިން - 27 ޑިސެންބަރު 2025 21:32
ވީއައިއޭ ޓާމިނަލް 1އިން މިއަދު ހިދުމަތް ދޭން ފެށި ހައިސްކައި އެއާލައިންގެ ބޯޓެއް---ފޮޓޯ:އެމްއޭސީއެލް
ވީއައިއޭ ޓާމިނަލް 1އިން މިއަދު ހިދުމަތް ދޭން ފެށި ހައިސްކައި އެއާލައިންގެ ބޯޓެއް---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

މިއީ އާ ޓާމިނަލުން ހިދުމަތްދޭން ފެށި 38 ވަނަ އެއާލައިން

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ޓާމިނަލުން ހައިސްކައި އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ޓާމިނަލް 1އިން ހައިސްކައި އެއާލައިނަށް ހިދުމަތް ދޭން ފެށުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރުއާއި، ހައިސްކައިގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ޓާމިނަލް 1އިން ހައިސްކައި އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ޓަމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ހައިސްކައިއާއެކު ޓާމިނަލް 1 އިން މިހާރު 38 އެއާލައިނަކަށް ދަނީ ހިދުމަތް ދެމުންނެވެ. އެމްއޭސީއެލް އިން ބުނިގޮތުގައި އެކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%