މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީން އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ދަށުން ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާ ދެ ރައްޔިތުންކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ).
ފުލުހުން ބުނީ އެ މީހުން ބަނގުރާ ކައްކާ ގެ ބަލައިފާސްކުރިއިރު އެގޭގެ ތިން ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަމަށްވެސް ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.









