ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

މުހައްމަދު ޖަމްޝަތު | 28 ދުވަސް ކުރިން - 27 ޑިސެންބަރު 2025 16:42
ރައީސްގެ ދެކަނބަލުން---ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ސިންގަޕޫރަށް ކުރައްވާ 5 ވަނަ ނުރަސްމީ ދަތުރުފުޅު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތު ރައީސް އޮފީހުން އާއްމު ނުކުރެއެވެ. އަދި މިއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއްވެސް ހާމައެއް ނުކުރެއެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރައްވާ ފަސްވަނަ ނުރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 31 ގައެވެ. އެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުގެ 5 ގައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%