Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުސްލިމުން ތަފާތު އިލްމުތަކުގައި ކުރިއަރައި ދިޔައީ އެބައިމީހުންގެ އީމާންތެރިކަމުގެ ސަބަބުން: ހުކުރު ހުތުބާ

މުސްލިމުން ތަފާތު އިލްމުތަކުގައި ކުރިއަރައި ދިޔައީ އެބައިމީހުންގެ އީމާންތެރިކަމުގެ ސަބަބުން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
245 ދުވަސް ކުރިން - 26 ޑިސެންބަރު 2025 15:35
އިސްލާމީ މަރުކަޒު. އިސްލާމީ ހަލާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ އަގީދާއާއި، ޝަރުއީ ހުކުމްތަކާއި، ރިވެތި އަހްލާގް ހިމެނޭކަމަށް ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު. އިސްލާމީ ހަލާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ އަގީދާއާއި، ޝަރުއީ ހުކުމްތަކާއި، ރިވެތި އަހްލާގް ހިމެނޭކަމަށް ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ހުތުބާގައި ބުނީ އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލުމުގެ ސަބަބުން ކަމަށް

މުސްލިމުން ތަފާތު އިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ އެބައިމީހުންގެ އީމާންތެރިކަމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނި ގޮތުގައި، އިސްލާމީ އުންމަތް މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުގެ ސަބަބުން ކަމަށެވެ. މިހާލަތުން އަރައިގަތުމަށް މުސްލިމުންނަށް ވާޖިބުވެގެންވާ ކަމަށް މިހާލަތުން އަރައިގަނެވޭނީ ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫއަވެ، އިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތް ކުރުމުން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އިސްލާމީ ހަލާރަތް ފެށުނީ ކީރިތި ރަސޫލާއަށް ވަހީ ބާވައިލައްވަން ފެށުނު ހިސާބުންކަން ފާހަގަކުރަމުން ހުތުބާއި ބުނީ، އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން އިސްލާމީ ހަލާރަތް ހަލުވި ދުވެއްޔެއްގައި ކުރިއަރައި ދިޔަ ކަމަށެވެ.

Advertisement

Advertisement 1

އިސްލާމީ ހަލާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ އަގީދާއާއި، ޝަރުއީ ހުކުމްތަކާއި، ރިވެތި އަހްލާގް ހިމެނޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ބިން އާރާސްތުކުރުމުގައި އިލްމު އުނގެނުމަކީ ދީނާއި ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ގަބޫލުކުރި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އުމްރާނީ ގޮތުންނާއި، އިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތަށް ކުރިއެރުންތަކެއް މަދު އަހަރުތަކެއްގެ ތެރޭގައި މުސްލިމުންނަށް ހޯދުނު ކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން އަންދަލުސްގައި މުސްލިމުން ވެރިކަންކުރަން ފެށިއިރު، އެ ސަރަހައްދު އޮތީ ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، އިލްމީ ގޮތުން ވަރަށްވެސް ދަށް ފެންވަރެއްގައި ކަން ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ ތަނުގައި މުސްލިމުން ގާއިމުވެ، ހިޖުރައިން ތިންވަނަ ގަރުނުގެ ފަހުކޮޅު، މުޅި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ސިޓީ ކަމުގައި އަންދަލުސްގެ ގުރްތުބާ ވެގެން ދިޔަކަން ހުތުބާގައި ފާހަގަކުރި އެވެ.

މުސްލިމުން ވެއްޓިފައިވާ ފުން ވަޅުގަނޑުން ސަލާމަތްވެވޭނީ މުސްލިމުން އެކަތިގަނޑަކަށްވެ، އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައި، އިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށް ވެގެން ކަމުގައި ހުތުބާގައި ވަނީ އިތުރަށް ބުނެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00