Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީންނަށް ކުއްޔަށްދީފައިވާނަމަ، ފުލެޓް އަތުލަނީ

ބިދޭސީންނަށް ކުއްޔަށްދީފައިވާނަމަ، ފުލެޓް އަތުލަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
209 ދުވަސް ކުރިން - 25 ޑިސެންބަރު 2025 13:40
ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ ފުރުތަމަ ފިޔަވަހިން ދޫކޮށްފައިވާ ފްލެޓްތައް--- ފޮޓޯ: ޚުލާސާ
ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ ފުރުތަމަ ފިޔަވަހިން ދޫކޮށްފައިވާ ފްލެޓްތައް--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެއްވެސް ފަރާތަކުން ބިދޭސީންނަށް ފްލެޓް ކުއްޔަށް ދޫކޮށްފައިވާނަމަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އެޗްޑީސީން ވަނީ އެދިފަ

ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި، ފިޔަވަޅުއެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށް ޝަރުތުހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް، ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement 1

އެޗްޑީސީން ވަނީ މިފަދައިން ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް، އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށާއި، އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފްލެޓް ލިބިފައިވާ ފަރާތްތަކުން އަމަލުކުރުމަށް އަންގާ ކަމަށެވެ.

އެޗްޑީސީން ބުނީ އަންނަ ޖެނުއަރީ ތިން ވަނަ ދުވަހުގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަނާއެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލާނެ ކަމަށް އަންގާ އިއުލާނުކުރާ ކަމަށެވެ.

ސޯޝަލް ހައުސިން ޔުނިޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ ކަމުގެ ޝަކުވާއަކީ އާންމުންގެ މެދުގައި ބޮޑު ޝަކުވާއެކެވެ. ސޯޝަލް ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ނަމަވެސް ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކުން އަންނަނީ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. އަދި މިފަދަ ފަރާތްތަކާމެދު އެއްވެސް ސަރުކާރަކުން މިހާތަނަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

އެޗްޑީސީފްލެޓް
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙިނި

206 ދުވަސް ކުރިން - 18:58

ނުކުރެވޭނެ އެއްކަމެއްވެސް ފުލެތް އަތެއްވެސް ނުލެވޭނެ އެޗްޑީސީން ކޮއްމެވެސް އެހެންކަމެއް ރަޝުތެރެއިން ހޯދާގެން ކުރައް އުޅުނިތްޔާމުން މާރަގަޅުވާނެ.

ގުޅޭ ޚަބަރުތައް

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

22 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

30 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

33 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

40 ދުވަސް ކުރިން - 16:51

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

47 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

55 ދުވަސް ކުރިން - 17:49