Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރުގެ މިހާތަނަށް ބައިޓަނެއްހާ މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ: ފުލުހުން

މިއަހަރުގެ މިހާތަނަށް ބައިޓަނެއްހާ މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ: ފުލުހުން

މުޙައްމަދު ޖިނާން ހުސައިން ޖަބީން
255 ދުވަސް ކުރިން - 24 ޑިސެންބަރު 2025 18:25
ޑްރަގް އެންފޯސްމަންޓުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްއާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޑްރަގް އެންފޯސްމަންޓުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްއާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 188 އޮޕަރޭޝަން ހިންގައި 16.024 މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފާތިހު ވިދާޅުވި

މި އަހަރުގެ މިހާތަނަށް 498 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 6860 ބަނގުރާ ފުޅި ނުވަތަ ދަޅު އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްއާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް 498.99 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 871.243،131.00 މިލިޔަނަށް އަރާ ކަމަށެވެ.

ފާތިހު ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 6860 ބަނގުރާ ފުޅި / ދަޅު އަތުލައިގަނެވިފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 3،992،492.50 އަށް އަރާ ކަމަށެވެ. އެއާއެކު މި ތަކެތީގެ ޖުމުލަ އަގު 875،235،623.50 އަށް އަރަ އެވެ.

Advertisement

Advertisement 1

ފާތިހު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ޓްރެފިކިން މިންގަނޑަށް ފެތޭ މީހުންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ހިމެނޭހެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަންތަކުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 188 އޮޕަރޭޝަނެއް ހިންގައި 16.024 މީހުން ބަލައިފާސްކޮށް، 997 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 137 ބިދޭސީއަކު ހިމެނޭއިރު އެ މީހުން މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ފުރުސަތު 301 މީހަކަށް ހޯދައިދީ އެންޑީއޭގެ ރިމާންޑަށް އެ މީހުން ފޮނުވާލެވިފައިވާ ކަމަށްވެސް ފާތިހު ވިދާޅުވި އެވެ.

ފާތިހު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ކެފޭތަކުގެ ގޮތުގައި 11 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި އެތަންތަން މިހާރު ބަންދުކުރެވިފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

2 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57