Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިޞްރުން އިސްރާއީލަށް ލަނޑެއް ދީފަނެތީ ނަތަންޔާހޫ ތެޅެންފަށައިފި

މިޞްރުން އިސްރާއީލަށް ލަނޑެއް ދީފަނެތީ ނަތަންޔާހޫ ތެޅެންފަށައިފި

ހުސައިން އިސްމާއިލް
213 ދުވަސް ކުރިން - 24 ޑިސެންބަރު 2025 14:26
ނަތަންޔާހޫ ބޭނުންވަނީ މިޞްރަކީ ދާއިމީ އެކުވެރިޔަކަށް ހަދަން
ނަތަންޔާހޫ ބޭނުންވަނީ މިޞްރަކީ ދާއިމީ އެކުވެރިޔަކަށް ހަދަން
ޚުލާސާ

މިޞްރުގެ އަސްކަރީ ބާރު ހަނިކޮށް އިސްރާއީލުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް 1979ގައި ޑީލެއް ހެދީ ކޮންމެ އަހަރަކު ދެބިލިއަނެއްހާ ޑޮލަރު މިޞްރަށް ދޭގޮތަށް

1979 ވަނަ އަހަރުގެ މިޞްރު-އިސްރާއީލް ޞުލްޙައިގެ އެއްބަސްވުން އަލުން މުރާޖަޢާ ކުރުމަށް މިޞްރުގެ ސަރުކާރުން ވިސްނަމުންދާތީވެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ.

އިސްރާއީލަށް މިޞްރުގެ ސަރަޙައްދުން ފުރިހަމަ އަމާންކަމާއި ރައްކާތެރިކަން އޮތުމާއި އެކު މިޞްރުގެ ސަރުކާރަކީ އިސްރާއީލާއި ގާތް އެކުވެރިއެއްގެ ގޮތުގައި އޮތުމަށާއި، އަދި ސަރަޙައްދުގައި ހިމެނޭ އިސްރާއީލުގެ ދުޝްމަނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި ދުއްތުރާލާއި ޙަމަލާތަކުން އިސްރާއީލު ދިފާޢު ކުރުމަށް އިސްރާއީލަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާ އިސްނަގައިގެންނެވެ.

މި އެއްބަސްވުން މުރާޖަޢާ ކުރުމަށް ގާހިރާއިން ވިސްނަމުން ދަނީ ސަރަޙައްދީ ޙާލަތު ހަލުވިކަމާއެކު ބަދަލުވަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

Advertisement 1

އިސްރާއީލާއި މިޞްރުން ހަދާފައިވާ އެއްބަސްވުން ބުނާ ގޮތުގައި މިޞްރުގެ އަސްކަރިއްޔާ އަށް ޒަމާނީ ހަތިޔާރު ހޯދާނަމަ ވެސް އިސްރާއީލުގެ ރުހުން ހޯދަން ޖެހެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިޞްރުން މިހާރު އަސްކަރިއްޔާ ތަރައްޤި ކުރުމަށް ނިންމާފައި ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ޙިމާޔަތްކުރުމަށެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިޞްރުން މިހާރު ވަނީ އިސްރާއީލަށް އެންގުމަކާއި ނުލައި ޗައިނާގައި އުފައްދާފައިވާ އެޗްކިއު9ބީ ދިފާޢީ ނިޒާމުތައް ވެސް ގެނެސް ޓެސްޓު ކޮށްފައެވެ. މިފަދަ ނިޒާމުތަކަކީ މިޞްރުގެ ދިފާޢީ ބާރަށް ލިބޭ ކުރިއެރުމެކެވެ. މިވަރުން ދާނަމަ ކޮންމެވެސް ޒަމާނަކުން އިސްރާއީލުން މިޞްރަށް ކުރާ އިތުބާރު ގެއްލޭނެއެވެ.

އެހެންނަމަވެސް، އޮބްޒާވަރުންގެ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލު ސަރުކާރަށް ކުރިން އެންގުމަކާއި ނުލައި މިޞްރުން ޗައިނާގެ ދިފާޢީ ޓެކްނޮލޮޖީ ބޭނުންކުރުން އެއީ ފަހަރެއްގައިވެސް ނަތަންޔާހޫ ކަންބޮޑުވާން ޖެހޭނެ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ އިސްރާއީލުން މިހާތަނަށް ހެދި އެންމެ ވަރުގަދަ ގޭސް ޑީލް އިހަށްދުވަހު އެ ސޮއި ކޮށްލީ ވެސް މިޞްރާއި އެކުގައި ކަމަށްވާތީ ޤާހިރާއިން ނަތަންޔާހޫ އަކަށް ލަނޑެއް ނުދޭނެއެވެ.

މި ޝައްކުތައް އުފެދުނަސް، ޞުލްޙައިގެ އެއްބަސްވުން ބާޠިލް ކުރަން ނުވަތަ އިސްރާއީލާއި ގުޅުން ކަނޑާލަން މިޞްރުން އެއްވެސް މިންވަރަކަށް މަސައްކަތް ކުރާ ކަމުގެ ރަސްމީ ޢަލާމާތެއް ނުފެނެއެވެ. ފެންނަނީ ހައްތާވެސް އިސްރާއީލާއި މިޞްރުން ގާތްވާން އުޅޭ ތަނެވެ.

އިޖިޕްޓްއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ތާރީޚީ ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

ވޯލްޑް ކަޕްގައި މިޞްރުން ހޯދި ކާމިޔާބީއަށް އެގައުމުން ކުލަގަދަ މަރުޙަބާއެއް ކިޔައިފި

15 ދުވަސް ކުރިން - 00:38