Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލަށް ޙަމަލާ ދިނުމަށް 10000 ހޫޘީން ތައްޔާރުވަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފި

އިސްރާއީލަށް ޙަމަލާ ދިނުމަށް 10000 ހޫޘީން ތައްޔާރުވަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފި

ހުސައިން އިސްމާއިލް
249 ދުވަސް ކުރިން - 24 ޑިސެންބަރު 2025 13:49
ހޫޘީ ހަނގުރާމަވެރިންތަކެއް: އައިޑީއެފުން ބުނީ އިސްރާއީލަށް ޙަމަލާ ދިނުމަށް ހޫޘީން ދަނީ އެކި ދިމަދިމާލުގައި ފެތުރެމުން ކަމަށް.
ހޫޘީ ހަނގުރާމަވެރިންތަކެއް: އައިޑީއެފުން ބުނީ އިސްރާއީލަށް ޙަމަލާ ދިނުމަށް ހޫޘީން ދަނީ އެކި ދިމަދިމާލުގައި ފެތުރެމުން ކަމަށް.
ޚުލާސާ

އިސްރާއީލަށް ޙަމަލާ ދިނުމަށް ޔަމަނާއި ޣިރާޤާއި ލުބުނާނާއި އުރުދުން އަދި ސީރިއާގައި ހޫޘީންގެ 10000މީހުންގެ ލަޝްކަރެއް ތައްޔާރުވާތީ އެމެރިކާއާއި ގުޅިގެން އައިޑީއެފުން ދަނީ މެދުއިރުމަތި މޮނިޓާކުރަމުން

އިސްރާއީލަށް ޙަމަލާ ދިނުމަށް ހޫޘީންގެ 10000 މީހުން ހިމެނޭ ލަޝްކަރެއް ތައްޔާރުވަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި، މި ލަޝްކަރު ތައްޔާރުވަމުން ދަނީ އެކި ދިމަދިމާލުން އިސްރާއީލަށް ޙަމަލާ ދިނުމަށެވެ. އޭގެތެރޭގައި ޔަމަނާއި ޣިރާޤާއި ލުބުނާނާއި އުރުދުން އަދި ސީރިއާ ހިމެނޭ ގޮތަށް މި ލަޝްކަރުގެ މީހުން ވަނީ މެދުއިރުމަތީގައި ފެތުރިފައި ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާ އިން ބުނެއެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އީރާނުން ދަނީ ޔަމަނުގައި ތިބި ހޫޘީ ވެރިންނާއި ޤަވާޢިދުން މަޝްވަރާކޮށް، ހޫޘީންނަށް ބޭނުންވާ ހަތިޔާރާއި ތެޔޮ ފޯރުކޮށްދީ އަސްކަރީ ތަމްރީނާއި އިރުޝާދު ވެސް ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement 1

އިސްރާއީލު ސިފައިން ބުނާ ގޮތުގައި އެމީހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޅި ސަރަޙައްދުގައި ތިބި ހޫޘީން ބޭނުންކޮށްގެން އިސްރާއީލަށް ޙަމަލާތަކެއް ދީފާނެތީއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން އެންމެ ބޮޑަށް ޝައްކު ކުރަނީ އީރާނުގެ އޯޑަރަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ނުވަތަ ބިމުން ވެސް ޓެލްއަވީވަށް ޙަމަލާތަކެއް ދީފާނެތީއެވެ. އެހެންކަމުން އައިޑީއެފުން އެމެރިކާ އާއި ގުޅިގެން މެދުއިރުމަތި ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ހުކުރު ދުވަހު ވެސް އެމެރިކާއިން ވަނީ ސީރިއާގައި ތިބި ހޫޘީންނާއި އަދި އައިއެސްއައިއެސް އާއި ގުޅުން ހުރި ތަންތަނަށް ރޮކެޓް ޙަމަލާތަކެއް ދީފައިކަން ފާހަގަ ކުރެވެއެވެ.

އިސްރާއީލު ސިފައިންގެ އަންދާޒާތަކަށް ބަލާއިރު، ޣައްޒާގެ ސަރަޙައްދުގައި ހަނގުރާމަތައް އަލުން ފެށިއްޖެ ނަމަ ހޫޘީން އިސްރާއީލަށް ޙަމަލާ ދީފާނެ އެވެ.

މެދުއިރުމަތީގައި މުސްލިމުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލު ކަމަށްވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓް ޙަމަލާތައް ދިނުމުގެ އަޑީގައި ތިބީ ވެސް ޔަހޫދީން ކަމަށް އީރާނުން ބުނެއެވެ.

އިސްރާއީލްހޫޘީ ޖަމާޢަތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

4 ގަޑިއިރު ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

10 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

23 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

30 ދުވަސް ކުރިން - 14:29