މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިންމީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 68 ދުވަސް ކުރިން - 23 ޑިސެންބަރު 2025 13:55
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހައްޔަރުކުރި ތިން މީހުން. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހައްޔަރުކުރި ތިން މީހުން. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

ދުވާފަރުން ހައްޔަރުކުރި ތިންމީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި ދެ އޮޕަރޭޝަން ވެސް ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.

މި ދެ އޮޕަރޭޝަނުގެ ތެރެއިން ފުރަތަމަ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ކުދީނާގެ، އަޔާޒު އާދަމް (26އ) އާއި ރ. ދުވާފަރު / އިހާ، އަބްދުﷲ ނިހާން (26އ) އެވެ. މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެވަނަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މެހެލް، އަބްދުﷲ ރަޝީދު (40އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، ރަބަރު ޕެކެޓަކާއި ފަސް ވޭޕް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%