ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ނައްތާލައިފި އެވެ.
ފުލުހުން ބުނީ، މި ތަކެތި ނައްތާލާފައިވަނީ މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި ތަކެއްޗަކީ 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެ ގޮތުން ނައްތާލާފައިވަނީ 81 ފުޅި ބަނގުރަލާއި 281 ދަޅު ބިޔަރު ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން އިތުރަށް ވަނީ ބުނެފަ އެވެ.









