Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރީގައި އޮތްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ބަދަލުކުރަނީ

ކުރީގައި އޮތްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ބަދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
171 ދުވަސް ކުރިން - 22 ޑިސެންބަރު 2025 09:09
ހުޅުމާލެ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުރީގައި އޮތް މިންގަނޑަށް ހެދުން އަޅުއްވާ ގޮތް ރަނގަޅު ކަމަށާއި އެކަން އެގޮތަށް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެމަނިކުފާނު ދަންނަވައިފި ކަމަށް ރައީސް ވިދާޅުވި.

ކުރީގައި އޮތްގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ބަދަލުކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި ދަންނަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން އޮފީހަށް ވަޑައިގަންނަވާއިރު ހެދުން އެޅުމުގެ މިންގަނޑު ނުވަތަ މުޖުތަމައު ގަބޫލުކުރާ މިންގަނޑަށް ވުރެ މިހާރު ދަށްވެއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވިސްގެ ގަވާއިދުގައި ހެދުން އެޅުމުގެ މިންގަނޑު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެކަން މިހާރު އެއޮތީ ބަދަލުވެފައި ކަމަށެވެ.

Advertisement

Advertisement 1

"އަޅުގަނޑަށް ގާނޫނުން ލިބިފައި އޮންނަ އިހްތިޔާރުގެ ދަށުން މިހާރު ދަންނަވައިފިން ސިވިލް ސާވިސް ކޮމިޝަނަށް ކުރީގައި އޮތް ގޮތަށް އިޔާދަކޮށްދޭށޭ. ކުރީގައި އޮތްގޮތަށް ގަވާއިދު ބަދަލުކޮށްފަ ގެޒެޓުކޮށްފަ އަމަލުކުރަން ފަށްޓަވާށޭ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިވިސް ސާވިސްގެ މުވައްޒަފުން ސަރުކާރުގެ ރަސްމީ ގަޑިތަކުގައި މަސައްކަތްކުރައްވާއިރު ކުރީގައި އޮތް މިންގަނޑަށް ހެދުން އަޅުއްވާ ގޮތް ރަނގަޅު ކަމަށާއި އެކަން އެގޮތަށް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެމަނިކުފާނު ދަންނަވައިފި ކަމަށެވެ.

މުވައްޒަފުންގެ ހެދުން އެޅުމާ ބެހޭ ގޮތުން މި ފަހަކަށް އައިސް ފާޑުކިޔާ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް އިސްލާމްދީނުގެ މިންގަނޑުތަކާ ހިލާފުވާތީ އެވެ. ރައީސް މިކަމަށް އިޝާރާތްކުރައްވާފައި މިވަނީ މިފަދަ ޝަކުވާތައް އެމަނިކުފާނަށް ދަންނަވާތީ އެވެ.

ސިވިލް ސަރވިސް ކޮމިޝަންރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

22 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

2 ދުވަސް ކުރިން - 15:01